English Edition
Dhivehi Edition

ތިމާދެކެ ނަފުރަތު ކުރާ ނުވަތަ ތިމާދެކެ ހިންހަމަ ނުޖެހޭ ރުޅި އަންނަ މީހުން ރުއްސުމަށް މަސައްކަތް ކުރުމަކީ ގިނަ ބަޔަކު ވަރަށް އާދަވެ ކުރަމުން އަންނަ ކަމެކެވެ. މިކަމުގެ ހަޤީޤަތް ނޭންގިތިބެއެވެ. ދަންނަންވީ ހަޤީޤަތަކީ ތިމާއަށް ނަފުރަތުކުރާ ނުވަތަ ތިމާ ދެކެ ރުޅިއަންނަ ނުވަތަ ތިބާދެކެ ހަސަދަލާ ކޮންމެ މީހަކު ރުއްސުމަކީ ވާނޭ ކަމެއް ނޫންކަމެވެ. އަދި އެއީ ތިމާއަށް ކުރެވޭ ބޭކާރުކަމެއް ކަމުގައި ވިސްނުމެވެ. ހަޤީޤަތަކީ ވެސް މިއީ އެވެ. ތިމާދެކެ ނަފުރަތު ކުރާ ނުވަތަ ރުޅިއަންނަ ނުވަތަ ހަސަލާ މީހުން ރުއްސުމަށް ކުރާ މަސައްކަތަކީ ބޭކާރު ގޮތުގައި ނަގާލެވޭ ވަގުތުތަކަކަށް ނޫނީ ނުވާނެއެވެ.

ޒިންބާބުވޭގެ މަޝްހޫރު ދީނީ ޢިލްމުވބެރިޔާ އިސްމާޢީލް މުފްތީ މެންކް ވިދާޅުވެފައިވަނީ މީސްތަކުން ރުއްސުމަށް މަސައްކަތްކުރަން ވަގުތު ބޭކާރު ނުކުރުމަށެވެ. އަދި އެއީ ދުވަހަކުވެސް ހާސިލުކުރެވޭނެ ކަމެއް ނޫންކަމަށާއި ރުޅިއަންނަ މީހުން ކިތެންމެ ވަރަކަށް ރުއްސުމަށް މަސައްކަތް ކުރިނަމަވެސް އެފަދަ މީހުން ތިމާދެކެ އަންނަ ރުޅިއަކަށް ބަދަލު ނާންނާނެ ކަމަށެވެ. އެހެން ކަމުން އެފަދަ މީހުން ރުއްސުމަށް ބޭކާރު ވަގުތު ހޭދަކުރުމުގެ ބަދަލުގައި މާތްރަސްކަލާނގެ ރުއްސެވުމުގެ މައްޗަށް ފޯކަސް ކުރެއްވުން މާ މޮޅުއިތުރު ކަމަށެވެ.

” މީސްތަކުން ރުއްސުމަށް މަސައްކަތްކުރަން ވަގުތު ބޭކާރު ނުކުރާށެވެ! އެއީ ދުވަހަކުވެސް ހާސިލުކުރެވޭނެ ކަމެއް ނޫން. ހަނދާން ކުރާތި، އަޅުގަނޑުމެންނަށް އަބަދުވެސް ނަފްރަތުކުރާ މީހުން އަޅުގަނޑުމެން ނަށް ބަފުރަތުކޮށް ނުބައިކޮށް ހިތާނެ. އޭގެ ބަދަލުގައި މާތްރަސްކަލާނގެ ރުއްސެވުން ހޯދުމަށް މަސައްކަތް ކުރައްވާ. މެންކްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.