English Edition
Dhivehi Edition
ފޮޓޯ: ގާފު އޮންލައިން

ހައިކޯޓުގެ އައްޑޫ ސިޓީ ގޮފީގެ ޝަރީއަތްތައް ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަތައް ބެލުމަށް ފަނޑިޔާރުން އައްޑޫ ސިޓީ އަށް ގެންގޮސްފައިވަނީ މާލެއިންނެވެ. އެ ފަނޑިޔާރުން އެ ސިޓީއަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މައްސަލަތައް ބެލުމަށްފަހު ފަނޑިޔާރުން އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އައްޑޫ އަށް ވަޑައިގެންނެވި ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.

ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ ހުޅުމީދޫގައި އަދި އުތުރުން ކުޅުދުއްފުށި ސިޓީ ގައި ހައިކޯޓުގެ ގޮފި ހުޅުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލުމަށް ކޯޓު ތަކާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާ، އެ އިސްލާހު މިހާރު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.