English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ މިސްކިތްތަކަށް ބޭނުންވާ އޭސީތައް ފެނަކަ ކޯޕަރޭޝަނުން، ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުގެ ސީއެސްއާރުގެ ދަށުން، ފުވައްމުލަކު ސިޓީ ކައުންސިލާއި އޭސީތައް ހަވާލުކޮށްފައިވަނީ މި މަހުގެ 07 ވަނަ ދުވަހު ފުވައްމުލަކު ފެނަކަ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން މި އޭސީތައް ހަވާލުކޮށްދެއްވީ ފެނަކަ ކޯޕަރޭޝަނުގެ ފުވައްމުލަކު ބްރާންޗުގެ މެނޭޖަރު ހުސައިން ޝާފީއެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން މި އޭސީތަކާއި ހަވާލުވެވަޑައިގަތީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީއެވެ.

ފުވައްމުލައް ސިޓީގެ ގިނަ އަވަށްތަކުގެ މިސްކިތްތަކުގައި، ހެޔޮއެދޭ ފަރާތްތަކާއި ރަށުކައުންސިލްތައް ގުޅިގެން މީގެ ކުރިންވަނީ އޭސީތައް ހަރުކޮށްފައެވެ. އެހެންކަމުން މިފަހަރު ފެނަކައިން ހަދިޔާކުރި އޭސީތައް ހަރުކުރުމަށް ހަމަޖެހިފައިވަނީ، ކުރިން އޭސީތައް ހަރުނުކުރެވި ހުރި މަދު މިސްކިތެއްގައެވެ.