English Edition
Dhivehi Edition

ރާއްޖޭގެ ނޫސްވެރިޔާ އަހްމަދު ސާއިލް އަލީ ލިޔެފައިވާ ފޮތް “އެދުވަސް ގެނެވޭނެ” މޫލީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރ ކޮށްދިނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފޮތަކީ ޗައިލްޑްހުޑް އެންޒައިޓީ، އޮބްސެސިވް ކޮމްޕައިލް ޑިސްއޯޑާ (އޯސީޑީ)، އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި ދަތުރުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތެކެވެ.

ދިވެހި ބަހުން ލިޔެފައިވާ މި ފޮތުގައި މެޑިކަލް ރިސާރޗްތަކާއި ހަގީގީ ދިރިއުޅުމުގެ ތަޖުރިބާތަކުގެ އަލީގައި، ދިރިއުޅުމުގެ ބައެއް ވޭންދެނިވި ނަފްސާނީ ބަލިތަށް ދިމާވުމުގެ ސަބަބުތަކާއި، މި ބަލިތަކުން ދިމާވާާ ގޮންޖެހުންތަކުން އަރައިގަނެ، އުފާވެރި ދިރިއުޅުމަކަށް ވާާސިލް ވެވޭނެ ގޮތްތަކަށް ވަނީ އަލިއަޅުވާލައިފައެވެ.

ލިޔުންތެރިޔާ އަހުމަދު ސާއިލް އަލީ ވިދާޅުވީ މި ފޮތަކީ ނަފުސާނީ ބައެއް ބަލިމަޑުކަމުގެ މައްޗަށް އެކުލަވާލި ފޮތެއް ކަމަށާއި އަމިއްލަ ނަފުސުން އޭގެ ވަރަށް ގިނަ ކަންކަން ތަޖުރިބާކޮށް، ގިނަ ފަރާތްތަކެއްގެ އެހީގައި އަނދިރިކަމުގެ ޖަންގައްޔަކުން އަލިކަމުގެ ބަގީޗާއަކަށް ނިކުމެވުމުނު ކަމަށެވެ.

“އަޅުގަނޑުގެ އަމާޒަކީ އެ ކަންވީ ގޮތް ތިޔަ ބޭފުޅުންނާ ހިއްސާކޮށް، ހޭލުންތެރިކަން އިތުރުކޮށް މިފަދަ ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އުފަލާއެކު ހިނިތުންވެލުމަކީ ކުރެވޭނެ ކަމެއްްކަމުގެ އުންމީދާއި ހިތްވަރު ދިނުން.” ސާއިލް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ “އެދުވަސް ގެނެވޭނެ”ގެ ލޯންޗާއި ގުޅިގެން ސާއިލް އަށް މަރުހަބާ ދަންނަވާ ކަމަށާއި ނަފްސާނީ ދުޅަހެޔޮކަމުގެ ތަޖުރިބާއާއި މައުލޫމާތުތައް އެކުލަަވައިލައިގެން ދިވެހިން ލިޔެވިފައިވާ މިފަދަ ފޮތެއް މޫލީ މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“ނަފްސާނީ ދުޅަހެޔޮކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ހޭލުންތެރިކަން ބޭނުންވާ މުހިންމު މައުލޫއެއް. އެހެންކަމުން، ސާއިލް ގެ ދަތުރުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މި ފޮތާއެކު މިފަދަ ގޮންޖެހުންތަކާ ކުރިމަތިލައި އެހެން ފަރާތްތަކަށް، އުންމީދާއި ހިތްވަރު އާލާވެ، މި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭނެކަމަށް އުންމީދުކުރަން.” ނިޔާޒު ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ގިނަ ކަންތައްތަކެއް ހިއްސާވާއިރު، ސަގާފަތާއި އަދި އެ މުޖުތަމަޢުގެ ދިރިއުޅުމުގެ ވައްޓަަފާޅިއާއި ގަބޫލުކުރާކަންކަަމަކީ ނަފްސާނީ ދުޅަހެޔޮކަމުގައި މުހިންމު ދައުރެއް އަދާކުރާަ ކަންކަމެވެ. ޑރ. ޢާރިފް މުޙައްމަދާއި، ޑރ.ޢަބްދުލް ޢަޒީޒް ޙަމީދު (ޞިއްޙީ މާހިރެއް އަދި ލިޔުންތެރިއެއް) އާއި، ފާޠިމަތު ސައުދާ (ސައިކޮލޮޖީގެ ދާއިރާއިން ބެޗްލަރސް ޑިގްރީ އަދި މާސްޓަރ އޮފް ސައިންސް އިން އެޕްލައިޑް ސައިކޮލޮޖީ) އަދި ރިސަރޗް އެސިސްޓެންޓް އާމިނަތު ނައުޝާ އަޙްމަދު (އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރގެ މެޑިކަލް ސްޓޫޑެންޓް) ފަދަ ތަޖުރިބާކާރު ފަންނުވެރިންގެ ދިރާސާގެ އަލީގައި، މި ފޮތުގައި، ރާއްޖޭގެ މުޖުތަމައު އާއި ނަފްސާނީ ބަލިތަކާ ހުރި ގުޅުމަށްވެސް ވަނީ އަަލި އަޅުވާލައިފައެވެ

މި ފޮތް ކިއުއްވަން ޝައުގުވެރިވާ ފަރާތްތަކަށް މޫލީ މެދުވެރިކޮށް ބައްލަވައިގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލެވޭނެއެވެ. ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ކޮންމެވަގުތަކު، ކޮންމެތާކު ހުރެގެންވެސް ފަސޭހަަކާއެކު ވިޔަފާރިކޮށްލެވޭނެއެވެ.