English Edition
Dhivehi Edition

ފަޒާ އިންޓަރނޭޝަނަލް ޕެރާ ޗެމްޕިއަންޝިޕް ގައި ރާއްޖެއިން ބައިވެރިވާން ނިންމައިފިއެވެ.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީން ބުނީ އެ ޗެމްޕިއަންޝިޕް ގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަށް ޕެރާ ތިން އެތްލީޓުންނާއި ގައިޑު ރަނަރސްގެ ގޮތުގައި ދެ މީހުން ބައިވެރިކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ޓީމު ރާއްޖެއިން ފުރާނީ މި މާރޗު މަހުގެ 17 ވަނަ ދުވަހު ކަމަށާއި އެނބުރި ރާއްޖެ އަންނާނީ މާރޗު 25 ގައި ކަމަށް ވެސް ބުންޏެވެ.

ފަޒާ އިންޓަރނޭޝަނަލް ޕެރާ ޗެމްޕިއަންޝިޕް ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 21 އިން 24 ގެ ނިޔަލަށް ޑުބާއީގައެވެ.

ޗައިނާގެ ހެންގޒޫ ގައި ބާއްވާ މި މުބާރާތުގައި ބައިވެރިވަނީ އޭޝިއަން ޕެރަލިމްޕިކް ގޭމްސް އަށް ޕެރާ އެތްލީތުން ކްލެސިފައިކޮށް، ކޮލިފައި ވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކަމަށް މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީން ބުންޏެވެ.