English Edition
Dhivehi Edition

ރެޖިސްޓަރޑް ބިހޭވިއަރ ޓެކްނީޝަނުން ތަމްރީނު ކުރުމަށް ހިންގި ފުރަތަމަ ޕްރޮގްރާމް ނިންމާލައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސެބިލިޓީސް (އެމްއޭޕީޑީ) އާއި ބިއުޓިފުލް އައިސް (ޑައުންސިންޑްރޯމް އެސޯސިއޭޝަން) ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެހީތެރިކަމާއެކު މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ ހަތަރު ދުވަހުގެ މުއްދަތަށެވެ.

25 ޓީޗަރުންގެ ބައިވެރިވެރިވުމާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމާ، ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރެޖިސްޓްރަރ އޮފް އެންޖީއޯސް އަޙްމަދު އިރާޝްއެވެ.

ޖިސްޓަރޑް ބިހޭވިއަރ ޓެކްނީޝަނުން ތަމްރީނު ޕްރޮގްރާމެއް ބޭއްވުމުގެ މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލް މާހައުލުގައި ދިމާވާ ބިހޭވިއަރ މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށް އެމްއޭޕީޑީީން ބުންޏެވެ. އަދި މިފަދަ ކަންކަމަށް ފުރިހަމައަށް ތަމްރީނު ލިބިފައިވާ މީހުން ބިނާކުރުމަކީ ވެސް މަޤުޞަދެއް ކަމަށް ވެސް ބުންޏެވެ.

މިއީ ރާއްޖޭގައި ސެޓިފައިޑް ބިހޭވިއަރ ޓެކްނީޝަނުން އުފައްދާ ފުރަތަމަ ފަހަރުކަމަށްވާއިރު، މި ތަމްރީނު ޕްރޮގްރާމަށް ފަހު، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދިމާވާ މިފަދަ މައްސަލަތައް ހައްލު ކުރުމުގައި މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް ލިބޭނޭ ކަމަށް ވެސް އެމްއޭޕީޑީން ބުންޏެވެ.

މި ޕްރޮގްރާމުގައި މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ދުބާއީގެ ބިހޭވިއަރ އެނަލިސްޓެއް ކަމަށްވާ އަފްޝީން ޝެއިޚް އެވެ.