English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗަށް މިރޭ އެފްސީ ސާލްސްބާގް އާއި ދެކޮޅަށް ނިކުންނައިރު، ބަޔާންމިޔުނިކްގައި އަނިޔާގެ މައްސަލަ ބޮޑުކަމަށް އެކުލަބުން ހާމަކޮށްފިއެވެ.

މިރޭ އަމިއްލަ ދަނޑުގައި ސާލްސްބާގާއި ދެކޮޅަށް ބަޔާން ނިކުންނައިރު، އެޓީމުގެ ހަތަރު ކުޅުންތެރިއަކަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. އަނިޔާގެ މައްސަ ކުރިމަތިވެފައިވާ ކުޅުންތެރިންގެ ތެރޭގައި ޖޯސުއާ ކިމިޗް، އަލްފޮންސޯ ޑާވީސް، ލުކަސް ހެނާންޑޭޒް، ކޮރެންޓިން ޓޮލިސޯ ހިމެނެއެވެ.

ބަޔާންގެ ފުރަތަމަ އެގާރައިގައި ހިމެނޭ މުހިންމު ކުޅުންތެރިންތަކަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާއިރު، މިރޭ ކުޅޭ މެޗަކީ މުބާރާތުގެ ކުއާޓާފައިނަލަށް ދިއުމަށް މޮޅުވުން ވަރަށް މުހިންމު މެޗެކެވެ.

ބަޔާންގެ ކޯޗު ޖޫލިއަން ނަގެލްމަން ބުނީ ބަޔާންގައި މުހިންމު ކުޅުންތެރިންތަކަށް އަނިޔާގެ މައްސަލަ ކުރިމަތި ވެފައިވާ ކަމަށާއި އޭގެ ތެރޭގައި ފުރަތަމަ އެގާރައިގައި ހިމެނޭ މުހިންމު ކުޅުންތެރިން އެބަތިބިކަމަށެވެ. އަދި މި ކުޅުންތެރިން އަނިޔާގައި ތިބުމަކީ ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ނަމަވެސް އަދިވެސް ތީމުގައި ރަނގަޅު ފެންވަރުގެ ކުޅުންތެރިން އެބަތިބިކަމަށެވެ. އެހެން ކަމުން މިރޭ ސާލްސްބާގާއި ދެކޮޅަށް ނެރޭނީ ރަނގަޅު ފެންވަރުގެ ކުޅުންތެރިން އެކުލެވޭ ސްކޮޑެއް ކަމަށް ވެސް ނަގެލްސްމަން ބުންޏެވެ.

މިރޭގެ ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗަށް ބަޔާން އަދި ސާލްބާގް ނިކުންނައިރު، މި ދެޓީމު ސާލްސްބާގުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. މިރޭގެ މެޗަކީ ދެޓީމަށް ވެސް މޮޅުވުން މަޖުވޫރު މެޗަކަށް ވާއިރު، މިރޭގެ މެޗުން މޮޅުވާޓީމެއް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނެއެވެ.

މި ދެޓީމު ބައްދަލުކުރާ ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައެވެ.