English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ ތައިރޮޑްގެ އޮޕަރޭޝަނަކަށް ފަރުވާ ހޯއްދެވުމަށް މިދިޔަ ފެބްރުވަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި އެމަނިކުފާނު ވަނީ ތައިރޮޑު އޮޕަރޭޝަން ވެސް ކުރައްވާފައެވެ.

ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ސިންގަޕޫރަށް ވަޑައިގެންނެވިއެވެ. އަދި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.

ރައީސް، ސިންގަޕޫރުގައި ތައިރޮއިޑް ސާޖަރީއެއް ކުރެއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެކަމަށްޓަކައި، އެމަނިކުފާނުގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާ ވަގުތީ ގޮތުން ހަވާލުކުރެއްވި ނަމަވެސް، ހަމަ އެދުވަހު، އެމަނިކުފާނުގެ ޒިންމާތަކާ އަލުން ހަވާލުވެވަޑައިގަތެވެ.