English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް އާއި މެޓަަ ކުންފުނި ގުޅިގެން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް މެދުވެރިކޮށް ރީޗާޖްކޮށް، އެޑް-އޮންސް ގަނެވޭނެ އިންތިޒާާމް ހަަމަަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން މެޓަަ އާއި ގުޅިގެން މި ޚިދުމަތް ފޭސްބުކް މޮބައިލް ސެންޓަރު ފޯރުކޮށްދީފައިވަނީ، އެކުންފުނީގެ ރަސްމީ ޑިޖިޓަލް ޗެނަލްތަކުގެ އިތުރުން، އާންމު ބޭނުންތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް، ފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ގޮތް ފަހިކޮށްދިނުމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ ފޭސްބުކް އަކީ ރާއްޖޭގައި އެކަކު އަަނެކަކާ ގުޅުން ބަދަހިކޮށް، މައުލޫމާތާއި ޚަބަަރު ލިބިގަތުމަަށާއި މުނިފޫހިފިލުވުމަށް ވެސް ބޭނުން ކުރާ ޕްލެޓްފޯމެއް ކަމަށެވެ. އެހެންކަމުން މި ޕާޓްނަރޝިޕާއެކު އެ ކުންފުނިން ފޭސްބުކް ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު ފަސޭހަަކަަމާއެކު ފޭސްބުކް މެދުވެރިކޮށް ރީޗާޖްކޮށް، ފޭސްބުކް އަދި އެހެނިހެން ޕްލެޓްފޯމްތައް ވެސް މެދުކެނޑުމެއްނެތި ބޭނުންކުރެވޭނެ ކަމަސެވެ.

“މެޓަ އާއި އެކު އަޅުގަނޑުމެންގެ ޕަރޓްނަރޝިޕް އިިތުރަަށްް ވަރުގަދަކޮށް އީޖާދީ ހައްލުތަކާ އެކު އަޅުގަނޑުމެންގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަކީ އަޅުގަނޑުމެންްނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” ނިޔާޒު ވިދާޅުވިއެވެ.

ފޭސްބުކް މެދުވެރިކޮށް އެޑް-އޮން ރީޗާޖް ކުރުމަށް ނުވަތަ ގަތުމަށް:

  1. ފޭސްބުކަށް ލޮގިން ވުމަށް ފަހު މެނޫ ޚިޔާރުކުރައްވާ
  2. ސެޓިންގްސް އެންޑް ޕްރައިވެސީ ޚިޔާރު ކުރަައްވާ
  3. “މޮބައިލް ސެންޓަަރ-އުރީދޫ މޯލްޑިވްސް” ޚިޔާރު ކުރެއްވާ
  4. ރިޗާާރޖް ޚިޔާރުކޮށް މައުލޫމާާތު ކަަަށަވަރު ކުރައްވާ

އުރީދޫ މޯލްޑިވްސް އިން ވަނީ ފޭސްބުކް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިލޭ ފޭސްބުކް ބޭނުންކުރެވޭ ޓެކްސްޓް އޮންލީ ފޭސްބުކް ވަރޝަން ވެސް ފަަހިކޮށްދީފައެވެ. މި ޚިދުމަތްތަކާއެކު، އުރީދޫ މޮބައިލް ބޭނުންކުރާ ފަރާތްތަކަށް، އެއްވެސް ޑޭޓާ ސަބްސްކްރިޕްޝަނަކާ ނުލާާ، ފޭސްބުކް އަދި ފޭސްބުކް މެސެންޖަރގެ ބޭސިކް ވާރޝަން ބޭނުންކުރެވޭނެއެވެ.

މިއަދު މި ތަައާރަަަފް ކުރި ޚިދުމަތާާއެކު ޕްލެޓްފޯމް ތެރެއިން ރިޗާރޖްކޮށް، ޓެކްސްޓް އޮންލީ ވަރޝަން އިން ފޭސްބުކް ގެ ފުރިހަަމަަަ ވަރޝަންއަށް ބަަަދަލުކޮށް ވީޑިއޯ އަދި ފޮޓޯ ބަަލާާލެވޭނެއެވެ.