އައްޑޫގައި ބޭއްވުމަށް ތައްޔާރުވަމުންދާ ސަޓާ އެވޯޑާ ގުޅުވައިގެން އުރީދޫ މޯލްޑިވްސްއިން މިހާރު ހުޅުވާލާފައިވާ މުބާރާތަކީ ފޮޓޯ ނަގާ މީހުންނަށް ރަނުގެ ފުރުސަތެކެވެ. ވަކިން ޚާއްޞަކޮށް އައްޑޫ ސިޓީގެ ފޮޓޯގްރާފަރުންނަށް މިއޮތީ ނޭޕާލަށް ފަސޭހައިން ދެވިދާނެ ގޮތެކެވެ. ކުރަން ޖެހޭ ކަމަކީ އައްޑޫ ސިޓީގެ ފޮޓޯއެއް އިންސްޓަގްރާމްކޮށް ލުމެވެ.
އައްޑޫ ސިޓީގައި ނަގާފައިވާ ރީތި ފޮޓޯތައް އިންސްޓަގްރާމްކޮށްގެން ނޭޕާލްގައި ހަތަރު ދުވަހުގެ ހުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އެބަ އޮތް ކަމަށް އުރީދޫއިން މިވަނީ ބުނެފައެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ 23:59 އާ ހަމައަށް ކުރިއަށްދާ މި މުބާރާތުގައި ކުރަން ޖެހޭ ކަމަކި ފޮޓޯ ނެގުމަށް ފަހު އިންސްޓަގްރާމް ކޮށްލުމެވެ. އިންސްޓަގްރާމް ކުރާއިރު، ވަކިން ހާއްސަ ހޭޝްޓެގްތަކެއް ބޭނުން ކުރަން ޖެހެއެވެ. އެ ހޭޝްޓެގްތަކަކީ SATA2017 #EquatorVillage #AdduCity #Ooredoo# އެވެ.
އުރީދޫ އިން ބުނީ. އެ ފޮޓޯލުމަށްފަހު އެންމެ ގިނައިން ލައިކް ލިބޭ މީހަކަށް ނޭޕާލްއަށް ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވާ މީހުންގެ އިންސްޓަގްރާމް އެކައުންޓް ޕަބްލިކް ކުރުމަށާއި، އުރީދޫ މޯލްޑިިވްސްގެ އިންސްޓަގްރާމް އެކައުންޓަށް ފޮލޯ ކުރުމަށް އުރީދޫން އިން ބުންޏެވެ.