English Edition
Dhivehi Edition

އުރީދޫ ދިވެހި ޕްރިމިއާ ލީގު 2022 ގެ އާ ސީޒަނަށް އުރީދޫ މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގުޅިގެން ޕާޓްނަރޝިޕް އިއުލާންކޮށްފި އެވެ.

އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވިޚާއްސަ އިވެންޓެއްގައި ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަަލް-ހަމާދީ އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ޚާލިދު އަލް ޙަމާދީ ވިދާޅުވީ ފުޓުބޯޅައިގެ ރޫހަކީ މުޖުތަމައުތަަކުގައި އެއްބައިވަންތަކަން ދިރުވާާދޭ ފޯރިގަދަ ކުޅިވަރެއް ކަމަށެވެ. އެހެންކަމުން، ދިވެހިންނެކޭ އެއްފަދައިން ފުޓުބޯޅައަކީ އުރީދޫ އާއިވެސް ގާތް ގުޅުމެއް އޮންނަަ ކުޅިވަރެއް ކަމަށެވެ.

“މި ޕަަރޓްނަރޝިޕާއި އެކު އެފްއޭއެމްއާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ހުރި ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށް އަޅުގަނޑުމެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވަން.” ޚާލިދު ވިދާޅުވިއެވެ.

އުރީދޫ އިން އަންނަނީ، ފެށުނީއްސުރެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ކުޅިވަރަށް ލޯބިކުރާ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުކޮށް ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

އެގޮތުން ރާއްޖޭގައި ހޯސްޓްކުރި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ފަޚުރުވެރި ޓައިޓަލް ސްޕޮންސަރަކީވެސް އުރީދޫ މޯލްޑިވްސްއެވެ. ޓައިޓަލް ސްޕޮންސަރގެ ހައިސިއްޔަތުން އުރީދޫއިން ވަނީ 2021 ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ މި އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ، އިތުރަށް ފޯރިގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

ރާއްޖޭގެ އަދި އެހެނިހެން ބައިނަލްއަޤްވާމީ ޕާޓްނަރުންނާއި ގުޅިގެން، އިންސާނީ ތަރައްޤީއަށް ޓަކައި ކުރިމަގުގައިވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަަން އެކުންފުނިން މި ފުރުސަތުގައި އަރުވައެވެ.