English Edition
Dhivehi Edition

ޓާރކީ ދެކޮޅު ޓިކެޓާއި އިތުރު އިނާމުތަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފިއެވެ.

މި ބާޒާރު ނުވަތަ ސޭލް ފަށާފައިވަނީ މިއަދުއެވެ. އަދި އޭޕްރީލް 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.

އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައި ވެސް ހިތްގައިމު ޑިސްކައުންޓް ތަކެއް އެކުލެވިގެންވާ އިރު، މި ސޭލް ކުރިއަށް ދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައެވެ.

އެސްޓީއޯ ރަމަޒާން ބަޒާރު ސޭލަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް އެއް ސޭލް، އެހެން އަހަރުތަކާއި ޚިލާފަށް، މި އަހަރުގެ ރަމަޒާން ބާޒާރު ގައި އެސްޓީއޯއިން ބޭނުން ކުރާނީ ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަންއެވެ.

މި ބަޒާރުގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ ހޯމްއިމްޕްރޫވްމަންޓް މުދަލުން %40 އާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. ކޮންމެ 1000ރ (އެއްހާސް ރުފިޔާ) ގެ ވިޔަފާރިޔަކަށް ކޫޕަނެއް ލިބޭ މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓްތަކުން ކޮންމެ ހަފްތާއަކު އެއް ނަސީބުވެރި ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި އެއް ފަރާތަށް ޓާރކީ ދެކޮޅު ޓިކެޓް ދެމީހަކަށް ލިބޭއިރު، ދަތުރުގެ އެލަވެންސްގެ ގޮތުގައި 1000 ޑޮލަރު ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. އަދި މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ވެސް ދިނުމަަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މި އަހަރުގެ ރަމަޒާން ބަޒާރުގައި އެސްޓީއޯއިން އަލަށް ޑިޖިޓަލް ކޫޕަން ތައާރަފް ކޮށްފައިވާއިރު އެސްޓީއޯގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަން ތަކުގައި ކަރުދާސް ބޭނުން ކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތްގޮތަށް ކުންފުނީގެ އޮޕަރޭޝަންސް ބައްޓަން ކުރުމެވެ.

އެސްޓީއޯ ސުޕަރމާޓްގައި ރަމަޒާން ބާޒާރު ސޭލް މާޗް މަހުގައި ފެށޭނެއެވެ.