English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ، މި އަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުން 36 ބިލެއް ހުށަހަޅަން ނިންމާފައިވާކަމަށް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނެފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބިލުތަކުގެ ލިސްޓެއް ހުށަހަޅާފައިވާ ކަމަށެވެ. މަޖިލީހަށް ހުށަހަޅަން ނިންމި ބިލުތަކުގެ ތެރޭގައި ސިއްހީ ދާއިރާއާ ގުޅޭ ބިލުތަކާއި ގައުމީ ސަލާމަތާއި ގުޅޭ ބިލުތަކުގެ އިތުރުން އިޖްތިމާއީ ބިލުތައް ހިމެނެއެވެ. މިގޮތުން މި ދައުރުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ

  1. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  2. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  3. ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  4. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު
  5. ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  6. މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  7. ގޭންގު ކުށްތައް މަނާކުރުމާއި ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  8. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  9. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  10. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  11. ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
  12. ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  13. އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
  14. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލު
  15. ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލު
  16. މޯލްޑިވްސް ހެލްތު ސަރވިސަސްގެ ބިލު
  17. ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  18. ޢާއިލާ އާއި ބެހޭ ބިލު
  19. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  20. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  21. ދިވެހިރާއްޖޭގެ ޓޫރިޒަމާއި ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  22. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  23. ކުންފުނީގެ ބިލު
  24. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު
  25. އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު
  26. އާބިޓްރޭޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލ
  27. ކުނި ނައްތާލުމާއި މެނޭޖްކުރުމުގެ ބިލު
  28. ކްލައިމެޓް އިމަރޖެންސީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  29. ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމާބެހޭ ބިލު
  30. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  31. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  32. މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު
  33. ވައިގެ މަގުން ދަތުރުކުރާ ފަސިންޖަރުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލު
  34. ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  35. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  36. ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު