ސްރީލަންކާގައި މަރުވެފައި އޮއްވާ ފެނުނު ދ. މީދޫ، މާކޯނި، އަފްހަމް ނަސީރުގެ މަރުގެ މައްސަލައިގައި ކަން ހިނގި ގޮތް އޮޅުންފިލުވުމަށް ފުލުހުންގެ ޓީމެއް ލަންކާއަށް ދިއުމަށް ނިންމައިފިއެވެ.
ޒަޚަމްތަކަކާއެކު އަފްހަމް މަރުވެފައި އޮއްވާ ފެނުނީ ސްރީ ލަންކާގެ ވެއްލަވައްތަގެ ގޮނޑުދޮށުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، “ލަންކާގައި ދިވެއްސަކު މަރާލާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން” އެކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމަށާއި އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ފުލުހުންގެ ޓީމެއް މިއަދު އެ ގައުމަށް ދާނެ ކަމަށެވެ.
އަފްހަމްގެ މަރުގެ ހަގީގަތް ބެލުމަށް އަފްހާމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް އިއްޔެ ވަނީ ހަދާފައެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ އަފްހާމްގެ މަރުގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާކަމަށާއި އެކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އަފްހަމަކީ 2019 ގައި ލަންކާއަށް ބަދަލުވެ، ބިޒްނަސް މެނޭޖްމަންޓުން މަތީ ތައުލީމަށް ކިޔަވާ ދަރިވަރެކެވެ.