English Edition
Dhivehi Edition

ހއ. އިހަވަންދޫން މިއަދު ގެއްލިގެން ހޯދަމުންދިޔަ އެރަށު މަފުރުވިލާ، 31 އަހަރުގެ ހަސަން ފަހުދު، އެރަށު ވަލުތެރޭގައި ހުއްޓައި ފެނިއްޖެއެވެ.

އޭނާ ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދާތާ 6 ގަޑި އިރަށް ވުރެ ގިނަވެފައި ވަނިކޮށް އެރަށު އުތުރު ފަރާތުގެ ވަލުތެރޭގައި ހުއްޓައެވެ.

އެ ރަށުން ކައުންސިލުން ބުނީ ފަހުދު ފެނިފައިވަނީ ރޭ 12:35 ގައި ކަމަށާއި އޭނާ ފެނުނުއިރު ހާލު ރަނގަޅުކަމަށެވެ.

ފަހުދަކީ ފެނަކަ ކޯޕަރޭޝަންގެ އިހަވަންދޫ ބްރާންޗުގައި މަސައްކަތްކުރާ ފަހުދު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެ ހަވީރު 4:30 ގައި އެވެ. ފަހުދު ހޯދުމުގެ މަސައްކަތް ފެށީ އޭނާ މޫދަށް ދިއުމަށް ނުކުތް ގޮތަށް ފެނިފައި ނުވާތީ އެވެ.

ފަހުދު ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ އެރަށު ކައުންސިލާއި ފުލުހުން އަދި އެރަށު ރައްޔިތުން ގުޅިގެންނެވެ.