English Edition
Dhivehi Edition

އައްޑޫ ސިޓީ ތަރައްޤީނުވެ ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ ކަމަށް ރައީސުލްޖުމޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއް ފެށޭ ފާހަގަ އަބަދުވެސް ޖެހެނީ އައްޑޫއިން ކަމަށެވެ. އަދި އިންޑިއާ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫސިޓީގެ މަގުތަށް ހަދާ ފެންބޮޑުވުން ހައްލު ކުރުން އެދަނީ ކުރިއަށް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އެސިޓީގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގާ ޖުމްލަ 107 ކިލޯމީޓަރުގެ މަގު އަޅާނެ ކަމަށާއި އައްޑޫގެ ތަރައްޤީގެ ޕްލޭންއާ އެއްގޮތަށް 5.236 ހެކްޓަރުގެ ބިން އިތުރު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީގެތެރޭގާ އައްޑޫގެ ފަތުރުވެރިކަމަށް އިތުރުކުރެވޭ ބިންވެސް ހިމެނޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިއާއެކު އަހަރަކު 5.1 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެވޭނެ ކަމަށާއި މި މަޝްރޫޢުތަކަށް ޖުމްލަ 6.2 ބިލިއަން ރުފިޔާއަށްވުރެ ގިނައިން ޚަރަދު ކުރެވޭނެ ކަމަށް ވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.