English Edition
Dhivehi Edition

ރާއްޖޭގައި މުވާޞަލާތީ ޚިދުމަތް ފޯރުކޮށްދޭ އުރީދޫ މޯމްޑިވްސް އިން ދެމުން އަންނަ އިންޓަނެޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. މިޚިދުމަތް މެދުކެނޑިފައިވަނީ އަންގާރަ ދުވަހު މެންދުރު ކުރިން ފެށިގެންނެވެ. މިކަމާގުޅިގެން އުރީދޫން ކުރި ޓުވީޓެއްގައި ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތް މެދުކެނޑިފައިވަނީ އެސާވިސްގެ އިންޓަނޭޝަނަލް އައިއެސްޕީ ޕާޓްނަރ އަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން ކަމަށެވެ. މައްސަލަ ޙައްލުވިހާ އަވަހަކަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށް އުރީދޫއިން ވިދާޅުވެއެވެ.

އިންޓަނެޓާއެކު އުރީދޫގެ ގިނަ ޚިދުމަތްތަކެއްވެސް ވަނީ މެދުކެނޑިފައެވެ. އެގޮތުން ސެލްފްކެއަރ ޕޯޓަލްއަށް ނުވަދެވުމުގެ އިތުރަށް ބިލަށް ފައިސާ ދެއްކުމާއި ޔޫސޭޖް ބަލާލުންފަދަ ޚިދުމަތްތައްވެސް ވަނީ މެދުކެނޑިފައެވެ. އުރީދޫ އިންޓަނެޓްގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން ގިނަ ބައެއްގެ މަސައްކަތް ހުއްޓިފައިވާތީ ޢާއްމުންދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.