English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

ހަފްތާރެސްގެ ފަސްވަނަ ޕްރޮގްރާމް ފުވައްމުލައް ސިޓީ ގައި ފަށައިފިއެވެ.

ރައްޔިތުންނާއި ގުޅިގެން މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލުކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ “ހަފްތާރެސް” ޕްރޮގްރާމް އެ ސިޓީގައި ރަސްމިޚޮށް މިއަދު ފެށި އިރު، ކުރިއަށް އޮތް ހަތަރު ދުވަހު މިޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ.

މިއީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ ހަފްތާރެސް ޕްރޮގްރާމަކީ ޔޫތް މިނިސްޓްރީން ކުރިއަށްގެންދާ ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމް މިހައިތަނަށް ބޭއްވި ރަށްރަށުން މިފަދަ ޕްރޮގްރާމްތައް އިތުރަށް ކުރިއަށްގެންގޮސް ދިނުމަށް އެދެމުންދާކަމަށެވެ.

މިޕްރޮގްރާމްގެ ތެރޭގައި އަމާން، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް ސިޓީގެ ކައުންސިލްގެ ވެރިންނާއި ފެމިލީ އެންޑް ސިލްޑްރެންސް ސަރވިސް އަދި ފުވައްމުލައް ސިޓީގެ އެކި އިދާރާތަކުގެ ވެރިންނާއި ސްކޫލްގެ ވެރިންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި ގުޅިގެން މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޒުވާނުންނަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކާއި އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ނިން1މާފައިވާ އިރު، ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ޔޫތް މާކެޓަކާއެކު ހަފްތާރެސްގެ ޢާއިލީ ހަވީރު ވެސް އެކި ކުޅިވަރުތަކާއެކު ބޭއްވުމަށް ވަނީ ނިންމާފައެވެ.

ހަފްތާރެސް ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ ޒުވާނުންނާ ގުޅޭ ވިޔަފާރިތަކަށް އަމާޒުކޮށްގެނެވެ. އެކަމަކު މިހާރު ޕްރޮގްރާމަށް ބަދަލުތަކެއް ގެނެސް، މިއީ މުޅި މުޖުތަމަޢަށް ޚާއްސަ ޕްރޮގްރާމެއްގެ ގޮތުގައި ވަނީ ރާވާފައެވެ.