English Edition
Dhivehi Edition

މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ނެޓްބޯޅް މުބާރާތުގައި ގއ އަތޮޅު ހޮސްޕިޓަލް ޓީމް ބަލިކޮށް މިފްކޯ ބޮޑު ތަފާތަކުން ކުރި ހޯދައިފިއެވެ.

ވިލިނގިލީގައި ކުރިއަށްދާ އިންޓަރ އޮފީސް ނެޓްބޯޅް މުބާރާތުގެ 07 ވަނަ އަދި 08 ވަނަ މެޗް ރޭ ވަނީ ކުޅެފައެވެ. އެ ގޮތުން 07 ވަނަ މެޗްގައި ބައްދަލުކުރީ މިފްކޯ ޓީމާއި ގއ. އަތޮޅު ހޮސްޕިޓަލްގެ ޓީމެވެ. މިމެޗް ނިމުނީ 43-05 ޕޮއިންޓުން މިފްކޯ މޮޅުވެގެންނެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިފްކޯ ޓީމުގެ ގޯލް އެޓޭކް އައިޝަތު ނާޒިމާއެވެ.

ރޭގެ 08 ވަނަ މެޗުގައި ވިލިނގިލީ ކައުންސިލްގެ ޓީމާއި ކޫއްޑޫ އެއަރޕޯޓްގެ ޓީމް ބައްދަލުކޮށްފައިވާއިރު، ވިލިނގިލީ ކައުންސިލް ވަނީ މިމެޗުން މޮޅުވެފައެވެ. 22-18 ޕޮއިންޓުން ވިލިނގިލީ ކައުންސިލްގެ ޓީމު މިމެޗުން މޮޅުވި އިރު މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޓީމުގެ ގޯލް އެޓޭކް ފާތިމަތު ޖޫޒަން ޒަރީރެވެ.

ވިލިނގިލީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތަކީ 2022 ވަނަ އަހަރު ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ގއ.ވިލިނގިލީ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ ފުރަތަމަ މުބާރާތެވެ.

މިރޭވެސް މިމުބާރާތުގެ ދެމެޗެއްގެ ކުޅުން ކުރިއަށްދާނެވެ. މިގޮތުން ފުރަތަމަ މެޗުގައި 20:15ގައި ބައްދަލުކުރާނީ ޓީމް އިޤްރާއާއި ވިލިނގިލީ ކައުންސިލްގެ ޓީމެވެ. ދެވަނަ މެޗްގައި 21:15ގައި ބައްދަލުކުރާނީ ކޫއްޑޫ އެއަރޕޯޓް އާއި ގއ. އަތޮޅު ހޮސްޕިޓަލްގެ ޓީމެވެ.