އުރީދޫގެ މިއަހަރުގެ ކަލަންޑަރެއް ހިލޭ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ނެރެފައިވާ “މަގޭ ރާއްޖެ ކަލަންޑަރު” ހިލޭ ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފޭސްބުކް އަދި ޓްވިޓަރ ގައެވެ.
އެގޮތުން އެ ކުންފުނިން ވަނީ ފެހުރިހި ކާ އެއްޗެއް ދިމާކޮށްގެން އުރީދޫގެ މިއަހަރުގެ ކަލަންޑަރު ހޯދުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ޓްވީޓުގައި ތިން އިޚްތިޔާރެއް ދިނުމަށް ފަހު ރަނގަޅު ޖަވާބު ޚިޔާރުކޮށް އެ ޓްވީޓަށް ރިޕްލައި ކުރުމަށް ވަނީ އެދިފައެވެ. އަދި ރަނގަޅު ޖަވާބު ފޮނުވަންޖެހެނީ #OMMageyRaajje2022 ބޭނުން ކުރުމަށްފަހުއެވެ. ޖަވާބު ދިމާކޮށް ޓްވީޓްކުރާ މީހުންގެ ތެރެއިން އެކަކަށް އުރީދޫގެ ކަލަންޑަރު ލިބޭނެއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 11:59 އާ ހަމައަށެވެ.
އުރީދޫ އިން މިއަހަރުގެ ކަލަންޑަރު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތާ ވެސް ގުޅުވައިގެން ދިވެހި ކަނޑުތަކުގެ ތަފާތު ދިރުންތައް ދައްކުވައިދޭ ގޮތަށެވެ.
✨Stand a chance to WIN the exciting #OMMageyRaajje2022 Calendar.
What do Whale Sharks usually eat? 🐋
a) Krabby Patties
b) Planktons
c) Manta RaysReply your answer with #OMMageyRaajje2022 before 27th Jan, 11:59pm and test your luck. 🤩 pic.twitter.com/yQbdkH2Foe
— Ooredoo Maldives (@OoredooMaldives) January 20, 2022
މި ކަލަންޑަރުގައި ހުންނަ ސްނެޕް ކޯޑް ސްކޭން ކޮށްލައިގެން އޯގްމެންޓަޑް ރިއާލިޓީން މި ދިރުންތައް ވެސް ބަލާލެވޭނެއެވެ.
މި ކަލަންޑަރުގައި ހިމެނޭ ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު ދިރުންތަކެއް ދައްކުވައިދެއެވެ. އަދި ކަލަންޑަރު ބޭނުންކުރާ މީހުންނަށް އެ މަހަކަށް ޚާއްސަކޮށްފައިވާ ސަފްހާގައި ފެންނަ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް ކަލަންޑަރުން ފެންނަ ރާއްޖޭގެ ދިރުންތައް އޮގްމެންޓެޑް ރިއަލިޓީ މެދުވެރުކޮށް ތަޖުރިބާ ކުރެވޭނެ އެވެ.
މީގެ އިތުރުން އޭއާރް ފީޗަރ ގެ ހުރިހާ އުމުރުފުރައަކާ ގުޅުވާލާ ކޮންމެ މަހަކަށް ޚާއްސަ ކުރެވިފައިވާ ދިރުންތައް ތައްޔާރު ކުރެވޭ އޮރިގާމީ ކަރުދާހެއް ވެސް ވަނީ ކަލަންޑަރުގައި ހިމަނާފައެވެ.
މިއާއެކު ކޮންމެ މަހަކަށް އޮރިގަމީ ހެދުމަށް އިރުޝާދު ދޭ ވީޑިއޯ ވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އޮރިގާމީ ކަރުދާހުގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން އިރުޝާދު ދޭ ވީޑިއޯ ހުޅުވާނެއެވެ.