English Edition
Dhivehi Edition

މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތުގެ 01 ވަނަ އަދި 04 ވަނަ މެޗްގެ ކުއީން އޮފް ދަ މެޗަކަށް މިފްކޯ ޓީމުގެ ކުޅުންތެރިޔާ އައިޝަތު ނާޒިމާ ހޮވިއްޖެއެވެ.

ވިލިނގިލީގައި ކުރިއަށްދާ އިންޓަރ އޮފީސް ނެޓްބޯޅް މުބާރާތުގެ 03 ވަނަ އަދި 04 ވަނަ މެޗް ރޭ ވަނީ ކުޅެފައެވެ. އެ ގޮތުން 3 ވަނަ މެޗްގައި ބައްދަލުކުރީ ވިލިނގިލި ކައުންސިލާއި ގއ އަތޮޅު ހޮސްޕިޓަލްއެވެ. 19 – 19 ލަނޑުން މި ދެ ޓީމް އެއްވަރުވެފައިވާއިރު މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކައުންސިލް ޓީމުގެ ކުޅުންތެރިޔާ ފާތިމަތު ސޫޖަންއެވެ.

މި މުބާރާތުގެ 04 ވަނަ މެޗްގައި މިފްކޯ ޓީމް އަަދި އިޤްރާ ވާދަކުރިމެޗް ބޮޑު ތަފާތަކުން އިޤްރާ ޓީމް ބަލިކޮށް މިފްކޯ އިން ވަނީ ކުރި ހޯދާފައެވެ. 55-01 ން މިފްކޯ ޓީމް ކާމިޔާބު ކުރި އެމެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ މިފްކޯ ޓީމުގެ ކުޅުންތެރިޔާ އައިޝަތު ނާޒިމާއެެވެ.

މި މުބާރާތުގެ ފުރަތަމަ މެޗްގައި މިފްކޯ އަދި ކޫއްޑޫ އެއަރޕޯޓް ވާދަކޮށް އެމެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީވެސް އާއިޝަތު ނާޒިމާއެވެ.

ވިލިނގިލީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތަކީ 2022 ވަނަ އަހަރު ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ގއ.ވިލިނގިލީ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ ފުރަތަމަ މުބާރާތެވެ.

މިމުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ އިޤްރާ އާއި އެއަރޕޯޓް އަދި މިފްކޯ އާއި ވިލިނގިލި ކައުންސިލް ޓީމް އެވެ.