އިޔާދަކުރަނިވި ހަކަތަ އަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ބޮޑު މަޝްރޫއުގެ ދަށުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ވެގެންދާނީ އިއާދަކުރަނިވި ހަކަތައިން ކަރަންޓް ދެވޭ ރާއްޖޭގެ ފުރަތަމަ ސޯލަ ޕަވަޑް އެއާޕޯޓަށް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އިޔާދަކުރަނިވި ހަކަތަ އަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ބޮޑު މަޝްރޫއެއްގެ ތެރެއިން ރާއްޖޭގައި މުޅިން ސޯލާ ހަކަތަ ބޭނުންކުރާ އެއާޕޯޓަކަށް ގަން އެއާޕޯޓް ހެދުމުގެ މަޝްރޫއުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. ފެނަކަ ކޯޕަރޭޝަނާއި ފިއުޗަ ސިނަޖީޒް ލިމިޓެޑާއި ދެމެދު މިއަދު ސޮއިކުރެވުނު ޕަވަ ޕާޗޭސް އެގްރީމެންޓް (ޕީޕީއޭ) އެއްބަސްވުމުގެ ދަށުން ގަން އެއާޕޯޓަށް ބޭނުންވާ ކަރަންޓްގެ 100 ޕަސެންޓް އެ ތަނުގައި ގާއިމްކުރެވޭ 2.5 މެގަވޮޓް ޕީކްގެ ސޯލާ ނިޒާމުން އުފައްދާނެއެވެ،
އައްޑޫ ސޯލާ ޕަވާ މަޝްރޫއުގެ ދަށުން، ހުޅުމީދޫގައި ދެ މެގަވޮޓް ޕީކްގެ ސޯލާ ޕީވީ ބެޓަރީ ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. ފެނަކައިން ބުނީ އެ ކުންފުނީގެ އަމާޒަކީ ހުޅުދޫމީދޫގައި ގާއިމުކުރެވޭ ނިޒާމުން އެ އަވަށާއި ކައިރީގައި އޮންނަ ރިސޯޓްތަކަށް ވެސް އިއާދަކުރަނިވި ހަކަތަ ފޯރުކޮށް ދިނުން ކަމަށެވެ.
ރާއްޖޭގެ އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު 2018 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތަ ރާއްޖޭގައި ގާއިމްކޮށްފައިވާ އިންސައްތައަށްވުރެން 20 އިންސައްތަ އިތުރަށް އެންމެ މަދުވެގެން އިޔާދަކުރަނިވި ހަކަތަ ރާއްޖޭއިން ކަރަންޓް އުފެއްދުމެވެ. އަދި އެ އަމާޒަށް މަސައްކަތްކޮށް 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓް ޒީރޯ ގައުމަކަށް ހެދުމެވެ.