English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ، ބަނދަރު ތެރެއަށް ވަންނަ ސަފާރީތަކުން ދުވާލަކަށް 500 ޑޮލަރުގެ ފީއެއް ނަގަން ފުވައްމުލައް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މި ގޮތަށް ފާސްކޮށްފައިވަނީ، ބަނދަރުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައި އޮތުމުން އެކަމަށް ހައްލެއް ހޯދުމަށްޓަކައި ބޭއްވި ކައުންސިލްގެ މަޝްވަރާ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ބައިވެރިި ހުރިހާ ކައުންސިލަރުންގެ ވޯޓުން، ވަނީ ބަނދަރު ތެރެއަށް ވަންނަ ސަފާރީތަކުން ދުވާލަކަށް 500 ޑޮލަރުގެ ފީއެއް ނަގަން ފާސްކޮށްފައެވެ.

މިހާރު ސަފާރީތަކުން ނަގަމުން އަންނަ 50 ޑޮލަރު، މިއަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން 500 ޑޮލަރަށް ބޮޑުކުރަން ސިޓީ ކައުންސިލުން ނިންމާފައިވާއިރު މިކަމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ފުވައްމުލައް ސިޓީ ބަނދަރުގައި ސަފާރީ އަޅާފައި ބާއްވާ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.

ފުވައްމުލައް ސިޓީގައި ފަތުރުވެރިކަމާއި ގުޅުން ހުރި ގިނަ ކަންތައްތަކެއް ބަދަލުކުރަމުން އަންނައިރު، ސިޓީ ކައުންސިލުން ވަނީ ފުވައްމުލައް ސިޓީގެ އިހްތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދުތަކުގައި ޑައިވްކުރާ ފަތުރުވެރިންގެ އަތުން ފީއެއް ނެގުމަށްވެސް ފާސްކޮށްފައެވެ.

1 ކޮމެންޓް
Hasanu
ޖެނުއަރީ 20, 2022
Dive kuraa meehun athun fee eh negun ehaa rsngalheh noon. Than kolheh rangalhah vaiga hifandhen kuli nunegun rangalhee.