English Edition
Dhivehi Edition

ބޮލީވުޑުގެ ބަތަލާ މޯނީ ރޯއީ އާއި ލޯބިވެރިޔާ ސޫރަޖު ނާމްބިއާ ކައިވެންޏަށް ތައްޔާރުވާން ފަށައިފިއެވެ.

މޯނީ އާއި ސޫރަޖުގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ގޯވާ ގައެވެ. ކުރިން މޯނީގެ ކައިވެނީގެ ރަސްމިއްޔާތުތައް ދުބާއީ ގައި ބާއްވާކަމަށް އަޑު ފެތުރިފައިވީ ނަމަވެސް، މިހާރު ބާއްވަނީ ގޯވާގައި ‘ބީޗް ވެޑިން’ އެއްކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

މޯނީގެ ކައިވެނި ހަފުލާއަށް ގޯއާގެ ފަސް ތަރީގެ ހޮޓަލެއް ބުކް ކޮށްފައިވާ އިރު މި ކައިވެނި ހަފްލާއަށް ދައުވަތު ދިން ބައެއް ފަރާތްތަކުން މިހާރު ވަނީ ގޯވާއަށް ގޮސްފައެވެ. މޯނީ އާއި ސޫރަޖުގެ ކައިވެނި ހަފުލާއަށް ބޮލީވުޑުގެ ބައެއް ފަރާތްތަކަށްވެސް ވަނީ ދައުވަތު ދީފައެވެ. މިގޮތުން މި ކައިވެންޏަށް ދައުވަތު ދީފައިވާ ފަރާތްތަކުގެ ތެރޭގައި ކަރަން ޖޯހަރް، ފަރަހް ހާން ފަދަ މަޝްހޫރު ފަރާތްތައް ހިމެނެއެވެ.

މި ކައިވެނީގެ ހަފްލާގައި ބައިވެރިވާ ކޮންމެ މީހަކު ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެބުމަށް އިލްތިމާޒުކޮށްފައިވާއިރު، ކޮވިޑް ވެކްސިން ކާޑު ގެންދިއުމަށް އެދިފައިވާކަމަށްވެސް މީޑީއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.