މާފުށްޓާއި އަނަންތަރާ ރިސޯޓާ ދޭތެރެއިން ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގިއިރު ލޯންޗުގައި 18 މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ. ހާދިސާގެ މައުލޫމާތު ލިބުމުން މެރިން ޕޮލިހުން ގެންދަނީ އެހީވުމަށް މަސައްކަތް ކުރަމުން ކަމަށްވެސް ޕޮލިހުން މައުލޫމާތު ދެއްވިއެވެ.
ލޯންޗު ކައިރިއަށް ދިޔަ މެރިން ފުލުހުން މިހާރުވަނީ 18 މީހުން ފުލުހުންގެ ލޯންޗަށް ނަގައިފައެވެ.
އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންގެ އިތުރަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުންވެސްގެންދަނީ ހަރަކާތްތެރިވަމުންނެވެ.
އެލޯންޗަކީ މާލެއަތޮޅު ގުރައިދޫން ފުރައިގެން ވެލައްސަރު ރިސޯޓަށް ދަތުރުކުރި އުޅަނދެކެވެ. ލޯންޗު އަޑިއަށްދަނީ މާފުށީ ކައިރީގައި އޮންނަ ތިލައަކަށް އަރައިގެންކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދެއްވައިފިއެވެ.