English Edition
Dhivehi Edition

ފާއިތުވި 2021 ވަނަ އަހަރު ފުވައްމުލައް ސިޓީގެ އާބާދީ އިތުރު މިންވަރު، އޭގެ ކުރީ އަހަރާއި (2020) އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ

ފުވައްމުލައް ސިޓީ ކައުންސިލުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ނިޔަލަށް ފުވައްމުލައް ސިޓީގައި ރަޖިސްޓްރީވެފައިވާ އާބާދީ އަކީ 13206 ކެވެ، ފާއިތުވި 2021 ވަނަ އަހަރު ފުވައްމުލައް ސިޓީގައި ރަޖިސްޓްރީވެފައިވާ އާބާދީގެ ޖުމްލަ އަކީ 13371 ކެވެ. މިއީ 2020 ވަނަ އަހަރާއި އަޅާ ބަލާއިރު 165 މީހުން ގެ އިތުރު ވުމެކެވެ.

ފުވައްމުލައް ސިޓީގެ ފިިރިހެނުންގެ ޖުމްލަ އަދަދު 6803 ކެވެ، ފުވައްމުލައް ސިޓީގެ އަންހެނުންގެ ޖުމްލަ އަދަދަކީ 6568 ކެވެ. ފުވައްމުލައް ސިޓީގައި ދިރިއުޅޭ އާބާދީ އަކީ 9193 ކެވެ.

ފުވައްމުލައް ސިޓީގެ އަވަށްތަކުގެ އާބާދީއަށް ބަލާއިރު، ދޫނޑިގަމު އަވަށުގެ އާބާދީ އަކީ 2197 ކެވެ. މިސްކިތްމަގު އަވަށުގެ ޖުމްލަ އަދަދު 2061ކަށް އަރާފައިވާއިރު ހޯދަޑުގެ އާބާދީ ވަނީ 1844 ކަށް އަރާފައެވެ، ދަޑިމަގު ގެ އާބާދީ 1838 އަށް އަރާފައިވާއިރު، ފުނާޑުގެ އާބާދީ ވަނީ 1746ކަށް އަރާފައެވެ. ދިގުވާޑުގެ އާބާދީ 1516 ގައި އުޅޭއިރު މާދަޑު އާބާދީ ވަނީ 1128 އަށް އަރާފައެވެ، މާލެގަމުގެ އާބާދީ 1041 ގައި އުޅޭ އިރު އެ އަވަށަކީ އެންމެ މަދު ބަޔަކު ދިރިއުޅެމުންދާ އަވަށެވެ،