English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ފޮޓޯ:އޭއޯ ނިއުސް

ފުވައްމުލައް ސިޓީގައި، ޒަރޫރީ ބޭނުން ތަކުގައި ގެއިން ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކު އަޅައިގެން އުޅުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ،

ފުވައްމުލައް ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ރައްކާތެރިކަމައްޓަކައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުމަށާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ނަންބަރ 3/2021 އެންގުމުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކައް އެންމެހާ ރައްޔިތުން އަމަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިވަޑައިގެން ފައިވާކަމަށެވެ.

މިއެންގުންތަކަކީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަންގާ އެންގުންތަކެއްކަން ފާހަގަކޮށް ސިޓީ ކައުންސިލުން ވަނީ މިއެންގުންތަކާއި ޚިލާފުވާ ފަރާތްތަކާއި މެދު މޯލްޑިވުސް ޕޮލިސް ސާވިސް އިން ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ބުނެފައެވެ.

ރާއްޖޭގައި ކޮވީޑް19 ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން މުޅި ރާއްޖޭގައިވެސް ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ. މި ގޮތުން މާލެއިން އަތޮޅުތަަކަށް ދަތުރުކުރާ ފަރާތްތަކުން ޕީސީއާރް ޓެސްޓު ހެދުމަށް ވަނީ މަޖުބޫރުކޮށްފައެވެ. އަދި މާލެ ސަރަހައްދުގައި ފަންސާސް މީހުންނަށް ވުރެ ގިނައިން އެއްވުން މަނާކޮށްފައިވާއިރު އަތޮޅުތެރޭގައިވެސް ވަނީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައެވެ.