English Edition
Dhivehi Edition
ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު - ފޮޓޯ: މަޖިލިސް

އިދިކޮޅު ފަރާތްތަކުން ހިންގާ ކަމަކުން ތަރައްޤީގެ މަޝްރޫޢުތައް ނުހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި މިއަދު ކުރި އިހުތިޖާޖާއި ގުޅިގެން ނެވެ.

މެމްބަރު ނިހާދު ވިދާޅުވީ އިދިކޮޅުން މަސައްކަތް ކުރަނީ ޕްރޮޖެކްޓްތައް ހުއްޓުވަން ކަމަށާއި އެއީ ވަރަށް ދެރަކަމެއް ކަމަށެވެ. އަދި އެއްވެސް ޕްރޮޖެކްޓެއް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށާއި އެއްވެސް އުދަގުލެއް ވާނަމަ އެވެރިން ހުއްޓުވައިގެން ވިޔަސް ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ ކަމަށް ނިހާދު ވަނީ ވިދާޅުވެފަ އެވެ.

ފޭދޫގައި ކުރިއަށް ގެންދިޔަ އިންޑީއާ އައުޓް ހިނގާލުން

އައްޑޫ ސިޓީ ފޭދޫގައި މިއަދު ހަވީރު ބޭއްވި ސުލްހަވެރި ހިނގާލުމުގައި އެރަށުގެ ގިނަ ބަޔަކު ބައިވެރިވެ، އައްޑީޫ ސިޓީގައި ތިބި އިންޑިއާ މިލިޓަރީ ސިފައިން ބޭލުމަށް ވަނީ ގޮވާލާފަ އެވެ.