English Edition
Dhivehi Edition

ސަބާ މޯލްޑިވްސްގެ މެމްބަރުންގެ އުފެއްދުންތަކަށް މާރކެޓްކުރުމަށް އެހީތެރިވުމުގެ ގޮތުން މެމްބަރުންގެ އުފެއްދުންތައް ވިއްކުމަށް ޚާއްސަ ފިހާރައެއް ހުޅުވަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ސަބާ މޯލްޑިވްސްގެ ޗެއާޕާސަން ޢަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކެއުން ބުއިމަށް ބޭނުންކުރާ ތަކެތި ގޭގައި ތިބެގެން ތައްޔާރުކުރާއިރު، ސަމާލުކަން ދޭން ޖެހޭ ކަންތައްތަކާއި ގުޅޭގޮތުން “ސަބާ މޯލްޑިވްސްގެ މެމްބަރުންނަށް ޚާއްސަކޮށްގެން ކުރިގެންދިޔަ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ސާބާ މޯލްޑިވްސްގެ ޗެއަރޕާރސަން އަބްދުﷲ މުޙައްމަދު ވިދާޅުވީ، ސަބާގެ މެމްބަރުންގެ އުފެއްދުންތަކަށް މާރކެޓް ހޯދުމަށްޓަކައި ހޮޓެލް ޖެންއާއި ހަނިމާދޫ އެއަރޕޯޓާއި ދަރަވަންދޫ އެއަރޕޯޓުގައި ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަން ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން ތަކެތި މާކެޓްކުރުމަށް އެހީވުމަށް ފިހާރައެއް ހުޅުވަން ނިންމާފައިވާ ކަމަށާއި އެ ފިހާރައިން ސަބާގެ މެމްބަރުންނަށް ތަކެތި އުފެއްދުމަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބޭނެ އިންތިޒާމުވެސް ހަމަޖެހޭނެ ކަމަށް ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

ސަބާގެ މެމްބަރުންނަށް ޚާއްޞަކޮށްގެން ފިހާރަ ހުޅުވުމަށް ތަނެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

ސަބާ މޯލްޑިވްސް އަކީ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ޙާއްޞަކޮށްގެން، ސާކް ޑިވެލޮޕްމަންޓް ފަންޑުގެ ދަށުން 2013 ވަނަ އަހަރު އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.