English Edition
Dhivehi Edition

ހައި-ލެވެލް ފޯރަމް އޮން ސޯޝަލް ރެޒިލިއެންސް އިން ދި މޯލްޑިވްސް ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.

ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި މި ސެންޓަރުން ގުޅިގެން ބޭއްވި މި ބައްދަލުވުމަކީ 4 ދުވަހުގެ މުއްދަތަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ މަގުސަދަކީ”ސްޓޭކްހޯލްޑަރ ރައުންޑްޓޭބަލް އޮން ބިލްޑިންގ ސޯޝަލް ރެޒިލިއެންސް އިން ދަ މޯލްޑިވްސް” ގައި ފާހަގަކުރެވުނު ކަންތައްތައް ހުށަހަޅައި، މުސްތަޤުބަލުގައި މި ދާއިރާގައި މަސައްކަތްކުރާ މުއައްސަސާތަކެއްގެ މަސައްކަތްތައް ރާވާ ބައްޓަންކުރާނެ ގޮތްތަކާއިމެދު މަޝްވަރާކުރުމެވެ. އަދި ހައްދުފަހަނައަޅާ ދިއުމާއި ހަރުކަށި ފިކުރު ހުއްޓުވުމަށް ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތައް އެއް މޭޒެއްގެ ދަށަށް ގެނެސް މިހާރު ކުރެވޭ މަސައްކަތްތަކާއި، ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަތުމާއި، މި މަސައްކަތުގައި ހުރިހާ އެންމެން ގުޅިގެން ކުރެވިދާނެ ކަންކަން ފާހަގަކޮށް، ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ކައުންޓަރިންގ ވަޔަލަންޓް އެކްސްޓްރީމިޒަމްގައިވާ ކަންކަން ހާސިލްކުރުމަށް މަގުޗާޓެއް އެކުލަވާލުމެވެ.

ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެން.ސީ.ޓި.ސީގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޒަކަރިއްޔާ މަންޞޫރު ވިދާޅުވި ގޮތުގައި އެކްޝަން ޕްލޭނެއް ކާމިޔާބުވާނީ މި ކަމުގައި ޝާމިލްމާ އެންމެންގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމަށް ފާހަގަކުރެއްވެވި އެވެ.

މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވަމުން ވާހަކަ ދައްކަވަމުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝާން ލަޠީފް ވިދާޅުވީ ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ ބައިނަލްއަޤްވާމީ މައްސަލައެއްކަމަށާއި، މިކަމަށް ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ ގޮތަށް ހައްލުތައް ހޯދައި މުޖުތަމަޢުގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށެވެ.

މި ބައްދަލުވުންތަކުގައި ސަރުކާރުގެ 17 އިދާރާއަކުންނާއި 2 މަދަނީ ޖަމިއްޔާއިން 23 ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ.