English Edition
Dhivehi Edition
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) - ފޮޓޯ: ސަން

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ދައުރުން ބޭރުގައި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ މަޖިލީހަށް ހުށަހަޅައިދެއްވަމުން އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ އޭސީސީގެ މަސައްކަތްތައް ވަޒަންކުރަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި ޕަރފޯމެންސް އޮޑިޓުންނާއި ކޮމިޓީގެ ހޯދުންތަކުން އޭސީސީގެ ގިނަ މައްސަަލަތަކެއް ފެނިފައިވާ ކަމަށެވެ.

އެ ޕަރފޯމަންސް އޮޑިޓްގައި 10 ނުކުތާއެއް ފާހަގަ ކޮށްފައި ވެއެވެ.

މެމްބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރުމުން އޭސީސީގެ މެމްބަރުންގެ ތެރެއިން އިބްރާހިމް ޝަކީލް އިސްތިއުފާ ދެއްވާފައިވާ އިރު، އެކަން މަޖިލީހަށް ރައީސް އޮފީހުން މިހާރުވަނީ އަންގާފަ އެވެ.

ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގެ އެޖެންޑާގައި އޮތީ ހަމައެކަނި އެ މައްސަލަ މަޖިލީހަށް ހުށަހަޅައި ކޮމިޓީއަށް ފޮނުވުމެވެ.

މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދެން ޖަލްސާއެއް އޮންނާނެ ތާރީހު ފަހުން އިއުލާނު ކުރައްވާނެ ކަމަށެވެ.