English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ - ފޮޓޯ: އޭދަފުށި ޓައިމްސް

ހައްދުންމަތިން ފެށިގެން އައްޑުސިޓީއަށް ވައިޓް އެލަރޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވުމުގެ ސަބަބުން ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހަވީރު 16:30 އިން ފެށިގެން މިރޭގެ 21:30 އާއި ހަމައަށް ކަމަށެވެ.

އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާ ކޮށްފަ އެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.