English Edition
Dhivehi Edition

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް ދެކުނުގެ ތިން އަތޮޅުގައި މިއަދު ފަށައިފިއެވެ.

އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައި މިއަދު ވަނީ މި ޚިދުމަތް ފަށާފައެވެ.

އާރްޓީއެލް ގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން ބުނީ ބަހުގެ ޚިދުމަތް ފެށުމުގެ މަސައްކަތުގެ ތެރެއިން މިހާރު ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ 4 ބަހާއި، އަދި އިސްދޫ-ކަލައިދުއަށް 2 ބަސް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީއަށް 4 ބަސް އަދި އައްޑޫ ސިޓީއަށް 13 ބަސް ގެންގޮސްފައިވާ ކަމަށް ވެސް ބުންނެވެ.