English Edition
Dhivehi Edition

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން އަބްދުއްޝަކޫރު ސާލިހު ވަކިކޮށް އެ މާގާމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު އައްޔަން ކޮށްފި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޒުހޫރު ފުރަތަމަ އަދާކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމެވެ. އޭގެ ފަހުން ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަން ކުޑަ ދުވަސްކޮޅަކަށް ކުރެއްވި އެވެ. ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޒުހޫރު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް އެއްވަނަ ދުވަހު އެވެ.