English Edition
Dhivehi Edition

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމި ނިންމުމަކީ ނާތަހުޒީބު ނިންމުމެއް ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން އެޗްޑީސީއަށް ދޫކޮށްފައިވާ ރެޖިސްޓްރީ ބާތިލްކޮށް ހުޅުމާލެ ފޭސް އެކެއް އާއި ފޭސް ދޭއް ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެނެސްފައިވާ މިއަދު އެ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި އެމްޑީޕީގެ ދެ ކައުންސިލަރުންވެސް ހިމަނޭ ގޮތަށް ޖުމްލަ 12 ކައުންސިލަރުންގެ ވޯޓުންނެވެ.

އެޗްޑީސީއަށް ދޫކޮށްފައިވާ ރެޖިސްޓްރީ ބާތިލްކޮށް، ހުޅުމާލެ ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެނެސްފި

އެ ނިންމުން ކުށްވެރިކޮށް އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލްގެ ނިންމުމަކީ މުދާ ހޯދުމާއި މުދާ ލިބިގަތުމުގެ އަދި ބިމާ ބެހޭ ގާނޫނާއި ލާމަރުކަޒީ ގާނޫނާވެސް ހިލާފު ނިންމުމެއް ކަމަށެވެ.އަދި އެހެން ބައެއްގެ އަތުގައި އޮތް ބިމެއްގެ ބެލެނިވެރިކަން ދެވޭނީ ޝަރުއީ ކޯޓަކަށްކަން ފާހަގަކޮށް މި ބަޔާނުގައި ބުނެފައިވަނީ ލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމި ނިންމުމުގެ ސަބަބުން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ސިޓީ ކައުންސިލުގެ މައްޗަށް ދައުވާ ކުރާނެކަމަށެވެ.

އެޗްޑީސީ އާއި ސިޓީ ކައުންސިލްގެ މެދުގައި ހަމަނުޖެހުންތައް ބޮޑުވެފައިވަނީ “ކޮތަރު ކޮށި” ނަމުގައި އިދިކޮޅުން އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމާފައިވާ ޖަލްސާ އާއި ގުޅިގެންނެވެ.