English Edition
Dhivehi Edition
ހުޅުމާލެ/ފޮޓޯ ސޯޝަލްމީޑިއާ

މާލެ ސިޓީ ކައުންސިލުން އެޗްޑީސީއަށް ދޫކޮށްފައިވާ ރެޖިސްޓްރީ ބާތިލްކޮށް ހުޅުމާލެ ފޭސް އެކެއް އާއި ފޭސް ދޭއް ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެނެސްފިއެވެ.

އިދިކޮޅު ޕީޕީއެމްގެ މަޖޯރިޓީ އޮންނަ ޕީޕީއެމް މާލެ ސިޓީ ކައުންސިލުން މި ގޮތަށް ނިންމާފައި މިވަނީ، “ކޮތަރު ކޮށި” ނަމުގައި އިދިކޮޅުން އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމާފައިވާ ޖަލްސާ އާއި ގުޅިގެން ސިޓީ ކައުންސިލާއި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާގައި އެޗްޑީސީއަށް ދޫކޮށްފައިވާ ރެޖިސްޓްރީ ބާތިލުކުރުމަށް ހުށަހަޅާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ،ހުޅުމާލެ އަކި ސިޓީ ކައުންސިލްގެ އިހްތިސޯސްގައި ހިމެނޭ ތަނެއް ކަމަށެވެ.

ޅުމާލެ ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެންނަން ފާސްކޮށްފައި ވަނީ ޖަލްސަގައި ބައިވެރިވި އެމްޑީޕީގެ ދެ ކައުންސިލަރުންވެސް ހިމަނޭ ގޮތަށް ޖުމްލަ 12 ކައުންސިލަރުންގެ ވޯޓުންނެވެ.