English Edition
Dhivehi Edition

ބޭނުންވާތަކެތި 36 އޯރިއޯ ބިސްކޯދު 6 މޭޒުމަތީ ސަމްސާ ބަޓަރު ދިޔާކޮށްފައި 225 ގ ޗީޒް ކުޑަ ހަކުރުކޮޅެއް 3 ޖޯޑު ކިރު 350ގ ވިޕްޑް ކްރީމް 1 ބައި ޖޯޑު ޗޮކްލެޓް ޗިޕްސް 1 ޕެކެޓް ޗޮކްލެޓް ޕުޑިން ތައްޔާރުކުރާނެ ގޮތް: ބިސްކޯދުތައް ފުނޑުކޮށްލުމަށްފަހު ދިޔާކޮށްފައި ހުރި ބަޓަރުކޮޅާ އެއްކޮއްލާށެވެ. ޓްރޭ އެއްގައި ބިސްކޯދު އަތުރާލާފައި ފްރިޖަށް ލާށެވެ. ކްރީމް ޗީޒްކޮޅަށް 2 މޭޒުމަތީ ސަމްސާ ކިރު އަދި ހަކުރުކޮޅު އަޅާލައިގެން ރަނގަޅަށް ގިރާލާށެވެ. އޭގެ ތެރެއަށް ވިޕްޑް ކްރީމްކޮޅު އަޅާލާ ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން ބިސްކޯދު މަތީގައި ފަތުރާލާށެވެ. މަތީގައި އަދި އެއް ލޭޔަރ އެޅުމަށް އެތިކޮޅެއް ބަހައްޓާށެވެ. ބާކީ ހުރި ކިރުފޮދާއި ޗޮކްލެޓް ޕުޑިންކޮޅު އެއްކޮއްލާށެވެ. ކްރީމް ލޭޔަރ މަތީ ޗޮކްލެޓް ލޭޔަރ އެއް އަޅާލުމަށްފަހު، ޗޮކްލެޓް ލޭޔަރ މަތިން އަނެއްކާވެސް ކްރީމް ލޭޔަރއެއް އަޅާލާށެވެ. އޭގެ މައްޗަށް ޗޮކްލެޓް ޗިޕްސް ކޮޅު އަޅާލާ ސެޓްވަންދެން ފްރިޖްގައި ބަހައްޓާށެވެ.

  • ހާޝިމްގެ ރެސިޕީ