English Edition
Dhivehi Edition
އައިކެއަރގެ އައްޑޫ އައުޓުލެޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އަލީނާސިރު /އޭއޯ ނިއުސް

އަގުހުރި އޮފާތަކަކާއެކު އައިކެއާގެ މުޅިން އައު އައުޓްލެޓެއް އައްޑޫ ސިޓީގައި ހުޅުވައިފިއެވެ.

މި އައުޓްލެޓް ހުޅުވާފައިވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައެވެ. އައުޓްލެޓް ރަސްމީކޮށް ހުޅުވައިދެއްވެވީ އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރެވެ.

އައްޑޫގައި އަލަށް ހުޅުވި އައުޓްލެޓުން ފުރިހަމަ އޮޕްޓިކަލް ޚިދުމަތްތަކެއް ލިބެން ހުރިއިރު ސްޓައިލިޝް އައިނުތަކުގެ ފުޅާ ކަލެކްޝަނެއް ހިމެނެއެވެ. އެގޮތުން، ކަސްޓަމަރުންނަށް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ނަންބަރު އައިނު، އަވިއައިނު އަދި ފްރޭމްތައް ލިބެންހުންނާނެއެވެ. މީގެ އިތުރުން މި އައުޓްލެޓުން ފެންވަރު ރަނގަޅު ކޮންޓެކްޓް ލެންސް އަދި ކަސްޓަމައިޒްޑް އޮޕްޓިކަލް ސޮލިއުޝަންސް ލިބެން ހުންނާނެއެވެ.

އައިކެއަރ އައްޑޫ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން:ފޮޓޯ އަލީ ނާސިރު /އޭއޯ ނިއުސް

އައިކެއަރގެ ފަރާތުން ބުނި ގޮތުގައި މި އާ އައުޓްލެޓް އައްޑޫ ސިޓީގައި ހުޅުވުމުގެ މައިގަޑު މަޤްޞަދަކީ އައްޑޫގައި ‘ކޮމްޕްރެހެންސިވް އޮޕްޓިކަލް ކެއާ’އަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. އަދި ހަމަ އެހެންމެ، އައްޑޫ ސިޓީގެ ރައްޔިތުންނަށް އިތުބާރު ހުރި، ޒަމާނީ އައިނު ފަސޭހަކަމާއެކު ލިބޭނެގޮތް މަގުފައި ކޮށްދިނުމަށެވެ.

އައިކެއަރ އައްޑޫ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން:ފޮޓޯ އަލީ ނާސިރު /އޭއޯ ނިއުސް

އައިކެއާގެ އަމާޒަކީ އެ ސަރަހައްދުގައި އޮޕްޓިކަލް ކެއާގެ އާ މިންގަނޑުތަކެއް ކަނޑައަޅައި، އާންމުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ހައްލު ހޯދުމެވެ. އަދި އައިކެއާއިން އައްޑޫއަށް ފުޅާކުރަން ނިންމި ނިންމުން ދައްކުވައިދެނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު އޮޕްޓިކަލްގެ ޚިދުމަތް ކަށަވަރު ކުރުމުގެ ފުޅާ ވިސްނުން ގެންގުޅޭ ކަމެވެ.

އައިކެއަރ އައްޑޫ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން:ފޮޓޯ އަލީ ނާސިރު /އޭއޯ ނިއުސް

އައު އައުޓްލެޓާއެކު އަގުހުރި އޮފާތަކެއް!

އާ އައުޓްލެޓް ހުޅުވުމާ ގުޅިގެން ޚާއްޞަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިއެވެ. އެގޮތުން،

  • މި އައުޓްލެޓްގައި އެންމެ ފަހުގެ ޑިޒައިންތަކުގެ ސްޓައިލިޝް ފްރޭމްތައް އެންމެ 490 ރުފިޔާއަށް މިހާރު ލިބެން ހުންނާނެއެވެ. މި އޮފާގެ ދަށުން ބަލައިގަނެވޭނީ ސެލެކްޓެޑް ބްރޭންޑްތަކެއްގެ ފްރޭމްތަކެކެވެ.
  • ދެވަނަ އޮފާއަކީ އެންމެ 990 ރުފިޔާއަށް އަވިއައިނެއް ބަލައިގަނެވޭނެއެވެ. މި އޮފާގެ ދަށުން ބަލައިގަނެވޭނީ ‘ނޮކް އެރައުންޑް’، ‘ޓްރާންސްމިޓް’ އަދި ‘ސެންޓްރޯ ސްޓައިލް’ގެ އަވިއައިނުތަކެވެ.
  • މީގެ އިތުރުން 2،000 ރުފިޔާއަށް ވުރެ މަތިން ލިބެން ހުންނަ ފްރޭމް އަދި އަވިއައިނުން 1،000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ.
  • މި އޮފާތަކަށް އައިކެއާގެ މެމްބަޝިޕް ޑިސްކައުންޓް ނުލިބުނު ނަމަވެސް ޕްރިސްކްރިޕްޝަން ލެންސްއަށް މެމްބަޝިޕް ޑިސްކައުންޓް ލިބޭނެއެވެ.
  • ހަމައެއާއެކު ފުރިހަމަ އަގަށް ފްރޭމެއް ގަނެގެން އަވިއައިނަކުން 30 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. ނަމަވެސް 990 ރުފިޔާއަށް ވުރެ ދަށް އަގެއްގެ އަވިއައިނެއް މި އޮފާގެ ދަށުން ނުލިބޭނެއެވެ. މި އޮފާގައި ގަންނަ ފްރޭމްއަކަށް މެމްބަޝިޕް ޑިސްކައުންޓް ލިބުނު ނަމަވެސް ޑިސްކައުންޓް ކޮށްފައިވާ އަވިއައިނަކަށް މެމްބަރޝިޕް ޑިސްކައުންޓެއް ނުލިބޭނެއެވެ.