English Edition
Dhivehi Edition

ސްޓެލްކޯ ހިންގަނީ ދަރަނީގައި ކަމަށާއި މިހާރުވެސް 1.6 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އެބައޮތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ފެނާއި ކަރަންޓުގެ އަގު މާލެއަށްވުރެ ބޮޑުކޮށް ނަގާތީ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިގެން ބަލާ މައްސަލައިގައި ވާހަކަ ދައްކަވަމުން ޒުހޫރު ވިދާޅުވީ ސްޓެލްކޯއިން ކަރަންޓު ދެމުންދަނީ ގެއްލުމުގައި ކަމަށާއި އަހަރެއްގެ މައްޗަށް 100 މިލިއަން ރުފިޔާ ގެއްލުންވާ ކަމަށެވެ.

“ހުރިހާ ހަރަދެއް ކޮށްފައި ސްޓެލްކޯ އަތުގަި އެއްޗެއް ނޯވޭ. ދަރަނީގެ ގޮތުގައި މިދިއަ އަހަރަށް ބަލައިފިއްޔާ 60 މިލިއަން އޭގެ ކުރީ އަހަރު 100 މިލިއަނުގެ ދަރަންޏެއް އެބައޮތް” ޒުހޫރު ވިދާޅުވި އެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން ޒުހޫރު ވިދާޅުވީ ރާއްޖޭގެ ރަށްރަށް މިހާރު ކަރަންދޭ ރޭޓުން ކަރަންޓު ނަގައިގެން ހަރަދެއް ނުޗަލާ ކަމަށެވެ. އަދި މާލެއަށް އެކަނި ބަލައިފިނަމަ އެޖެސްޓް ކުރެވޭ ކަމަށާއި އެހެންނަމަވެސް ރަށްރަށުގައި ކ އަތޮޅުގެ ރަށްރަށް ފިޔަވައި އެހެން ހުރިހާ ރަށަކުން ލިބެނީ ގެއްލުން ކަމަށް ޒުހޫރު ވިދާޅުވި އެވެ.

” 2010 ވަނަ އަހަރު ޓެރޮފް ކަނޑައެޅިގައި އޮތް އިރު 100 ޔުނިޓް ރޭންޖުގައި އޮތީ 3.75، 200 ޔުނިޓް ރޭންޖުގައި އޮތީ 4.25، މިއަދު 100 ރުނިޓް ރޭންޖުގައި މިއޮތީ 2.2، އަދި 200 ޔުނިޓް ރޭންޖުގައި 2.75″ ޒުހޫރު ވިދާޅުވި އެވެ.

އައްޑޫގައި ފެނާއި ކަރަންޓުގެ އަގު މާލެއަށްވުރެ ބޮޑުކޮށް ނަގާތީ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިގެން ބަލާ މައްސަލައިގައި އިއްޔެ ވަނީ ފެނަކައިގެ އެމްޑީ ޝަރީފް އާއި އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމާއި ސްޓެލްކޯގެ އެމްޑީ އަހުމަދު ޒުހޫރު އަދި އެމްޑަބުލިއުއެސްސީ ގެ އެމްޑީ ފަޒުލް ރަޝީދު ހާޒިރުކޮށްފަ އެވެ.