English Edition
Dhivehi Edition

މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ތަފާތު އެކިވައްތަރުގެ މަލުގެ ޝިޕްމެންޓެއް އައްޑޫސިޓީގެ މަރަދޫ ހަބްރޫޓް އަށް ގެނެސްފިއެވެ.

މި ފިހާރައިން ތަފާތު އެކި ބާވަތްބާވަތުގެ އަދި އެކިކުލަކުލައިގެ ފިނިފެންމަލާއި އަދިވެސް ތަފާތު ރީތި ބާވަތްތަކުގެ މާ ލިބެން އެބަހުރި ކަމަށް ހަބްރޫޓްއިން ބުނެއެވެ.

މުދައްރިސުންގެ ދުވަހާ ގުޅުވައިގެން މުދައްރިސުންނަށް ހަދިޔާ ދިނުމަށް ގިނަ ބަޔަކު މާ ބޭނުންވެގެން އުޅޭތީ ހެޔޮ އަގުގައި ތަފާތު ބާވަތްތަކުގެ މާ ލިބޭނެ ގޮތް ހޯދައިދިނުމަށް މި ދުވަސްވަރާ ދިމާ ކޮށް ގެނައި މަލުގެ ޝިޕްމަންޓަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ރެއިންބޯ 3ޑީ ގެ ފިނިފެންމަލާއި އެކިކުލަކުލައިގެ މިކްސް ރޯޒް ގެ އަގު 80 ރުފިޔާއަށް އުޅޭއިރު އާދައިގެ މަލެއް 50ރ އަށް ލިބޭނެ ކަމަށް ހަބްރޫޓުން ބުނެއެވެ.

މިއީ މަރަދޫ ދޮންދީނާ ބުކްޝޮޕް ކައިރީގައި ބޮޑުމަގުގައި ، ގަސް ވިއްކުމަށް ޚާއްޞަކޮށްގެން ހުޅުފައިވާ ފިހާރައެކެވެ.