English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގު ނިންމަވާލައްވައި ރޭ މާލެ ވަޑައިގަންނަވާފައި ވާއިރު މިދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ފުވައްމުލަކު ސިޓީއަށެވެ. އެއަށްފަހު ދެން އެމަނިކުފާނު ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ.

ނައިބު ރައީސް ގެ މި ދތުރުފުޅުގައި ދެ ސިޓީގެ، ސިޓީ ކައުންސިލާ ބައްދަލުކުރައްވައި ކައުންސިލަރުން ފާހަގަކުރެއްވިކަންކަމާއި ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެ ސިޓީގެ މުވައްސަސާތަކާއި ކަމާގުޅުންހުރި އެކިއެކި ފަރާތްތަކާއެކު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން ދެ ސިޓީގައިވެސް ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީގެ މަޝްރޫއުތައް ބައްލަވާލައްވާފައިވާއިރު، މި ދެ ސިޓީގެ މުހިންމު ތަންތަނަށްވެސް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ ފުވައްމުލައް ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާފައެވެ.އަދި މި ދެ ސިޓީގައި ޙިފްޡު ކޮމެޓީ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައިވެއެވެ.

މީގެ އިތުރުން ފުވައްމުލަކު ސިޓީގައި، މަސްޖިދުލް ހުދާގެ ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވުމާއި އައްޑޫސިޓީގެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގައި ސަރވިސް އެކްސެލަންސް ޕްރޮގްރާމް ފަށްޓަވައިދެއްވިއެވެ.