English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ ތިން އަވަށެއްގައި ވޯޓަރ ސްޓޯރޭޖް ޓެންކްތައް ސަޕްލައިކޮށް އަމިއްލަ ތަކެތީގައި އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުރި އިއުލާނެއްގައި ވަނީ އެ ކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް ސ.ހިތަދޫ، ސ.މަރަދޫފޭދޫ އަދި ސ.ހުޅުމީދޫއަށް ބޭނުންވާ ވޯޓަރ ސްޓޯރޭޖް ޓެންކްތައް ސަޕްލައިކޮށް އަމިއްލަ ތަކެތީގައި އިންސްޓޯލްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ތިން ހާސް ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ ހުށަހަޅަންޖެހެއެވެ. މި ބިޑް ސެކިއުރިޓީ ގެ ޝަރުތުތަކުގެ ތެރޭގައިއޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ ނުވަތަ ބޭންކް ގެރެންޓެޑް އަދި ސްޓޭމްޕް ޖަހާފައިވާ ޗެކެއް ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް ހިމެނެއެވެ.

މީގެ އިތުރުން އެ އިއުލާނުގައި ވަނީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިއަށް ދަނީ 24 އޮކްޓޯބަރ އިން 01 ނޮވެމްބަރ 2021 ވަނަ ދުވަހު 08:00 އިން 15:00 ހަމައަށް ކަމަށެވެ. އީމެއިލްގެ ޒަރިއްޔާއިން މައުލޫމާތު ސާފުކުރުމުގެ އެންމެ ފަހުގެ ތާރީހަކީ 31 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 15:00 ކަމަށްވެސް މި އިއުލާނުގައި ވަނީ ބުނެފައެވެ، މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2 ނޮވެމްބަރު 2021 ވަނަ ދުވަހު 11:30ގެ އަންދާސީ ހިސާބު ހުށަހެޅުމަށްވެސް ފެނަކައިން ވަނީ އެދިފައެވެ.