English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އޮފީހުގައި ރެޖިސްޓްރީކޮށްގެން، ދަނޑުވެރިކަން ކުރަމުން ދިޔަ މީހެއްގެ ދަނޑު ހަލާކުކޮށްލި މައްސަލަ ފެންމަތިވެއްޖެއެވެ.

‘އޭއޯ ނިއުސް’ އާއި ވާހަކަދައްކަމުން މި ދަނޑުގެ ވެރިފަރާތްކަމުގައި ވާ ސ.މީދޫ، މިނާ ހައްވާދީދީ ބުނީ އޭނާ ހައްދަމުންދިޔަ ދަނޑު ހަލާކުކޮށްލީ ސިދާ ކޮން ބައެއް ކަން ބުނަން ނޭގޭ ކަމަށެވެ. އެހެންނަމަވެސް އޭނާއަށް އެއްވެސް އެންގުމެއް ނާންގާ މީދޫ މަތިކިޅި ސަރަހައްދުގައި އޭނާ އިންދާފައިހުރި ގިނަ އަދަދެއްގެ ގަސްތައް ހަލާކުކޮށްލާފައިވާކަމަށް ހައްވާދީދީ ވަނީ ބުނެފައެވެ. ” އެ ދަނޑު ހަލާކުކޮށްލުމަށްފަހު އެ ތަނަށް ފަސް އަޅައިގެން މަގެއް ހަދަމުންދަނީ. އޮޅުއަލަ ދަނޑުތަކާއި ކެޔޮ ދަނޑުތައް ހަލާކުކޮށްލާފައިވާއިރު މިކަން ކުރަމުން ދަނީ މަގުމަރާމާތުކޮށް ބަލަހައްޓާ ތަނުގެ ވެހިކަލްތައް ބޭނުންކޮށްގެން. ” ހައްވާދީދީ ބުންޏެވެ.

އިތުރަށް ހައްވާދީދީ ބުނީ އެ ދަނޑަކީ އޭނާ ބޭންކުން ލޯނެއް ނަގައިގެން، ރަށު އޮފީހުގައި ރަޖިސްޓްރީކޮށްގެން ހައްދަމުންދާ ދަނޑެއް ކަމަށެވެ.އަދި އޭނާ ކޮށްފައިވާ މަސައްކަތައް އެއްވެސް ބަދަލެއް ނުދީ އަދި އެއްވެސް އެންގުމެއް ނެތި މި ގޮތަށް ހަލާކުކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ”މިއީ ބޮޑު އަނިޔާއެއް. މީގެ އެތެއް އަހަރެއް ކުރިން ފެށި މި މަސައްކަތް ދެ ދުވަސްތެރޭ މި ހަލާކުކޮށްލީ. މި މައްސަލަ ފުލުހަށް ހުށަހެޅުމުންވެސް އެ މުވައްސަސާއިން ބުނީ މިކަމުގައި އެމީހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށެވެ. އެހެންކަމުން މިހާރު މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަކަމަށް ހައްވާދީދީ ބުންޏެވެ.

މަގު ހެދުމަށް ހަލާކުކޮށްލާފައިވާކަމަށް ހައްވާދީދީ ބުނެފައިވާ ތަކެއްޗަކީ:

  • ކަށިކެޔޮ 08 ގަސް، ކުޑަ 07 ގަސް
  • ބޮޑު 15 ރުއް (ކާށި ލިބޭ)
  • ކުޑަ 80 ރުއް
  • 250 ކެޔޮގަސް
  • އަނބު އަދި އަތަ ގަސް
  • 30 ފޫޓް 30 ފޫޓްގެ ރާނބާފަތް ދަނޑެއް
  • 01 ހެލަބެލި ގަސް
  • 50 ފެންފޯއް ރުއް
  • 12 ގަސް އުއްދަނޑި

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ހަދަމުންދާ އެ މަގަކީ އެމްޓީސީސީ އިން ރަށުތެރޭގައި ބޮޑުވާ ފެންގަނޑުތައް ހިންދުމަށްޓަކައި ހަދާފައިވާ ޕަމްޕް ސްޓޭޝަނުގެ، ހޮޅި ވަޅުލުމަށް ހަދަމުންދާ މަގެކެވެ. އަދި އެ މަސައްކަތް ފަށާފައިވަނީ އީއައިއޭ ވެސް ހެދުމަށްފަހު ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

2 ކޮމެންޓް
Hh
އޮކްޓޯބަރު 16, 2021
Registry koffei offehey liyumunq huwqdahoadhagen magahadhaah jeheudnei.
މަރޮދޮގޮ
އޮކްޓޯބަރު 16, 2021
ހުސްދޮގޮ ރަޖިސްޓްރީ ކެޑެޔަސް ތެބެނާތާކި ތެއެއްތައް ހަދުވަފެއިނެއް