English Edition
Dhivehi Edition

ގއ ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުސްވެފައިވާ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ވޯޓު ފޮށިތަށް ބަހައްޓާނެ ތަންތަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ

އިލެކްޝަން ކޮމިޝަނުން އިއްޔ ގެޒެޓުކުރި އިއުލާނެއްގައިވާ ގޮތުން, ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ޖުމުލަ 4 ވޯޓުފޮށްޓެއް ބަހައްޓާނެ އެވެ. އެގޮތުން ވިލިނގިލީގައި 3 ވޯޓުފޮށި އަދި މާލޭގައި ދިރިއުޅޭ ވިލިނގިލީ މީހުން ވޯޓުލުމަށް މާލޭގައި އެއް ވޯޓުފޮށީ ބެހެއްޓުމަށް ވަނީ ނިންމާފައި އެވެ.

ފޯޓު ފޮށިތަށް ބަހައްޓާނެ ތަންތަނަށް ބަލާއިރު:

  1. ގއ. ވިލިނގިލި-1 : މި ފޮށްޓަށް ވޯޓުލާނީ ވިލިނގިލީ ރަތްވިލާމަގު އުތުރު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުން | ވިލިނގިލި އިޖްތިމާޢީ މަރުކަޒު (މޯލްޑިވްސް ޕޮލިޓެކްނިކް)
  2. ގއ. ވިލިނގިލި-2 : މި ފޮށްޓަށް ވޯޓުލާނީ ވިލިނގިލީ ރަތްވިލާމަގުގެ ދެކުނުން، އަމީނީމަގުގެ އުތުރާއި ދެމެދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުން | ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
  3. ގއ. ވިލިނގިލި-3 : މި ފޮށްޓަށް ވޯޓުލާނީ ވިލިނގިލީ އަމީނީ މަގުގެ ދެކުނު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުން | ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
  4. ބައި-އިލެކްޝަން، އަތޮޅު މާލެ-1 : މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ގއ. ވިލިނގިލި ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރައްޔިތުން | އިންތިޚާބާ ބެހޭ މަރުކަޒު

ގއ. ވިލިނގިލީ ކައުންސިލްގެ ދަށުން ހިންގާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)އިން ހުސްވެފައިވާ މަޤާމަށް ކުރިމަތިލީ ދެ ކެންޑިޑޭޓެކެވެ. އެއީ (ކިބިމާގެ / ގއ. ވިލިނގިލި) އަލްއުސްތާޛާ މަރްޔަމް ރަޝީދާ ރަފީގް އާއި (ވަސްމީރުމާއާގެ / ގއ. ވިލިނގިލި) ޝަހުމާ މުޙުސިން އެވެ. އޭގެ ތެރެއިން އަލް އުސްތާޛާ މަރްޔަމް ރަޝީދާ ރަފީގް ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެވެ. އަދި ޝަހުމާ މުޙުސިން ކުރިމަތިލެއްވީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައެވެ.

ގއ. ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2021 އޮކްޓޫބަރ 30 ވާ ހޮނިހިރު ދުވަހު 8:00 އިން 15:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2021 ނޮވެމްބަރު 01 ވާ ހޯމަ ދުވަހުގައެވެ.