English Edition
Dhivehi Edition

އިންޓަރ އޮފީސް ބަށި މުބާރާތުގެ ތިން ވަނަ އަދި ހަވަނަ މެޗްގެ ވެސް ކުއީން އޮފް ދަ މެޗަކަށް ގއ އަތޮޅު ތަޢުލީމީ މަރުކަޒު ޓީމުގެ ފާތިމަތު ޝިޢުނާ ހާސިލްކޮށްފިއެވެ.

ވިލިނގިލީގައި ކުރިއަށްދާ އިންޓަރ އޮފީސް ބަށި މުބާރާތުގެ 6 ވަނަ މެޗް އިއްޔެ ހަވީރު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި މެޗްގައި ބައްދަލުކުރީ ގއ އަތޮޅު ހޮސްޕިޓަލާއި ގއ އަތޮޅު ތަޢުލީމީ މަރުކަޒެވެ. 6 ލަނޑު 5 ލަނޑުން އަތޮޅު ތަޢުލީމީ މަރުކަޒް ކާމިޔާބު ކޮށްފައިވާއިރު ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެޓީމުގެެ ފާތިމަތު ޝިޢުނާ އެވެ.

މި މުބާރާތުގެ 3 ވަނަ މެޗްގައި ގއ އަތޮޅު ތަޢުލީމީ މަރުކަޒާއި ފެނަކަ ވިލިނގިލި ވާދަކޮށް ކުޅުނު މެޗްގައި ވެސް ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އަތޮޅު ތަޢުލީމީ މަރުކަޒު ޓީމުގެ ފާތިމަތު ޝިޢުނާއެވެ.

މި މުބާރާތުގައި ޖުމްލަ 7 ޓީމެއް ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބާހާލައިގެން ކުޅުމަށް ހަމަޖެހިފައިވާ މި މިބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ.

އެގޮތުން މިއަދު ކުޅެން ހަމަޖެހިފައިވަނީ ވިލިނގިލި ކައުންސިލާއި ގއ އަތޮޅު ތަޢުލީމީ މަރުކަޒް އަދި ގއ އަތޮޅު ހޮސްޕިޓަލާއި ފެނަކަ ވިލިނގިލިއެވެ.

މި މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 16 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ފައިނަލް މެޗު އޮންނާނީ ސެޕްޓެމްބަރ 18 ވާ ހޮނިހިރު ދުވަހު ހަވީރުއެވެ.