English Edition
Dhivehi Edition

ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތް 2021 ގައި ބައިވެރިވުމުގެ ފުރުސަތު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

އެ އެސޯސިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ ރާއްޖެގެ ބީޗްވޮލީ ކުޅޭ އެންމެހާ ފަރާތްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މުބާރާތު ގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 26 ސެޕްޓަމެބްރު 2021 ވާ އާދިއްތަ ދުވަހުގެ 12:00 އެވެ.

މުބާރާތް ކުޅެވޭ ޑިވިޜަންތަކަކީ:

  • 19 އަހަރުން ދަށް އަންހެން އަދި ފިރިހެން ޑިވިޜަން – މި ޑިވިޜަންގައި ބައިވެރިވެވޭނީ 31 ޑިސެމްބަރ 2021 އަށް 20 އަހަރު ނުފުރޭ ކުޅުންތެރިންނަށެވެ.
  • 23 އަހަރުން ދަށް އަންހެން އަދި ފިރިހެން ޑިވިޜަން – މި ޑިވިޜަންގައި ބައިވެރިވެވޭނީ 31 ޑިސެމްބަރ 2021 އަށް 24 އަހަރު ނުފުރޭ ކުޅުންތެރިންނަށެވެ.
  • އޯޕަން އަންހެން އަދި ފިރިހެން ޑިވިޜަން – މި ޑިވިޜަންގައި ކޮންމެ އުމުރެއްގެ ކުޅުންތެރިއަކަށްވެސް ބައިވެރިވެވޭނެއެވެ.

މާލެ ދޮންގަނޑު ބީޗް ވޮލީބޯލް ކޯޓުގައި އަދި ހުޅުމާލެ ރެޑްބުލް ބީޗް ވޮލީބޯލް ކޯޓުގައި ކުޅެވޭ މި މުބާރާތް ކުރިއަށް ދަނީ އޮކްޓޯބަރ 07 އިން 30 އޮކްޓޯބަރ 2021 ގެ ނިޔަލަށެވެ.

ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚާއަކީ 26 ސެޕްޓަމެބްރު 2021 ވާ އާދިއްތަ ދުވަހުގެ 12:00 އެވެ.