English Edition
Dhivehi Edition

ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫއުގެ 57 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ބުނެފިއެވެ.

އެމް.ޓީ.ސީ.ސީ އިން ބުނީ، މަސައްކަތުގެ 57 އިންސައްތަ ނިމިފައިވާ އިރު، އޯ.ޕީ.ޑީ އިމާރާތުގެ 75 އިންސައްތަ، ވިއްސާކޮޓަރި ހުންނަ އިމާރާތުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އޯ.ޕީ.ޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ހެތު އިން އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 33.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.