English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޔާމީން އަބްދުލް ގައްޔޫމް ކާމިޔާބު ކުރާ ހިސާބަށް ދިއުމުން ބޯކިބާގެ އެއްފަޅި ކާލަން ދުރުގައި ތިބި ސިޔާސީ ބޭފުޅުން ވަޑައިގެންނެވި ނަމަވެސް އެފުރުސަތު ނުދެއްވާނެކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

ކާނަލް މިހެން ވިދާޅުވީ ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުންނެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ކާނަލް ވަނީ ރައީސް ޔާމީނަށް ވަގަށް ގޮވޭވަރުގެ މީހަކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނެތްކަމަށެވެ،

ރައީސް ޔާމީނަށް ވަގަށް ގޮވޭ ފެންވަރުގެ މީހަކު، ރާއްޖޭގެ ސިޔާސީ މައިދާނަކު ނެތް

އިތުރަށް ކާނަލް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާ ހިސާބަށް ދިޔުމުން ބޯކިބާގެ އެއްބައި ކާލަން މަސައްކަތްނުކުރުމަށް ގޮވާލާފައެވެ.”މިއަދު އަޅުގަނޑުމެންނާއި ދިމާއަށް ހިތުހުރި އެއްޗެއް ގޮވާފައި ރިޔާސީ އިންތިހާބު، ރައީސް ޔާމީން ކާމިޔާބު ކުރައްވާ ހިސާބަށް ދިޔުމުން މިއޮޑިއަށް އައިސް ބޯކިބާ ބުރީގެ އެއްބުރި ކާލަން މަސައްކަތް ނުކުރައްވާތި.” ކާނަލް ވިދާޅުވިއެވެ.