English Edition
Dhivehi Edition

ވައްކަމުގެ މައްސަލައަކާގުޅޭ 3މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ގުދަނަކުން ވައްކަން ކުރި ކަމަށް ބުނާ މިމައްސަލައަކީ 2021 ޖުލައި 11 ވަނަ ދުވަހުގެ ވަގުތެއްގައި މއ. ބާބުލްއަވާލީ ގޭގައި ހުރި ގުދަނަކުން ވައްކަންކޮށްފައިވާ މައްސަލައަކާގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހުން ނެވެ. ފުލުހުންވަނީ މިމައްސަލައާއި ގުޅޭ ވީޑިއޯ އެއް ޢާއްމުކޮށްފައެވެ.

މިމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 491146 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.