English Edition
Dhivehi Edition

މިއަހަރުގެ “އުރީދޫ އަތޮޅު ދުވުން” ވާޗުއަލް ދުވުމުގައިވެސް ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރުގެ ކެޓެގަރީއަށް ރެޖިސްޓާވުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރިއަށްގެންދާ މި ހާއްސަ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.މި ދުވުމުގައި ބައިވެރިވާ ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް، އޯގަސްޓް އެކަކާއި ހަތަކާ ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

‘އުރީދޫ އަތޮޅު ދުވުން’ ވަރޗުއަލް ރަންގެ މައިގަނޑު މަޤްސަދަކީ ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދީ، އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދާދިނުމެވެ.

ރާއްޖޭގެ ފުރަތަމަ ނޭޝަންވައިޑް ވަރޗުއަލް ރަން، ‘އުރީދޫ އަތޮޅު ދުވުން’ ބާއްވާފައިވަނީ 2020 ވަނަ އަހަރުގައެވެ. 2020 ވަނަ އަހަރު 28 އޮގަސްޓް އިން 31 އޯގަސްޓްގެ ނިޔަލަށް، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ދުވުމުގައި، ރާއްޖޭގެ ހުރިހާ އަތޮޅުންނާއި ރާއްޖޭން ބޭރުން 5800 ދުވުންތެރިން ބައިވެރިވެފައިވެއެވެ.